ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ހަފުތާގައި ރިލީޒްކުރާ ހިންދީ ފިލްމުތަކާއި އޯޓީޓީ ސީރީޒްތައް

– އަކްޝޭ ކުމާރުގެ “ބޫތު ބަންގްލާ” އިން ފެށިގެން “ޓޯސްޓަރ” އާއި “ދޯ ދީވާނޭ ސެހެރު މޭ” އާ ހަމައަށް

މި ހަފުތާއަކީ ސިނަމާތަކުންނާއި ސްޓްރީމިންގް ޕްލެޓްފޯމްތަކުން މުނިފޫހިފިލުވުމަށް އެދޭ ފަރާތްތަކަށް ވަރަށް އުއްމީދީ ހަފުތާއެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބައެއް ފިލްމުތަކާއި ޝޯތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

އާ ހަފުތާއަކާއެކު، ސިނަމާތަކާއި އޯ.ޓީ.ޓީ އަށް މިވަނީ މުނިފޫހިފިލުވުމުގެ އާ އުފެއްދުންތަކެއް އައިސްފައެވެ. އެކި ސަބަބުތަކާ ހުރެ ލަސްވަމުން އައި އަކްޝޭ ކުމާރުގެ “ބޫތު ބަންގްލާ” އެންމެ ފަހުން ބޮޑު ސްކްރީނަށް އަންނަނީއެވެ. އަނެއްކޮޅުން، ރާޖްކުމާރު ރާއޯ އާއި ސާންޔާ މަލްހޯތުރާގެ “ޓޯސްޓަރ” މަގުބޫލު ސްޓްރީމިންގް ޕްލެޓްފޯމެއްގައި ދައްކަން ފަށާނެއެވެ. މީގެ އިތުރުން “ދޯ ދީވާނޭ ސެހެރު މޭ”، “އައްސީ” އަދި “މަޓްކާ ކިންގް” ވެސް މި ލިސްޓުގައި ހިމެނެއެވެ. އިތުރު ތަފުސީލު ކިޔާލާށެވެ!

މި ހަފުތާގައި ރިލީޒްކުރާ ހިންދީ ފިލްމުތަކާއި އޯ.ޓީ.ޓީ އުފެއްދުންތައް

1- ބޫތު ބަންގްލާ

🎞️ ކާސްޓް: އަކްޝޭ ކުމާރު، ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ތާބޫ، ވާމީގާ ގައްބީ
🎞️ ޑައިރެކްޓަރު: ޕްރިޔަދަރުޝަން
🎞️ ބާވަތް: ހޮރޯ ކޮމެޑީ (ބިރުވެރި މަޖާ)
🎞️ ރިލީޒްކުރާ ތާރީޚު: 16 އެޕްރީލް 2026
🎞️ ބަލާލެވޭނެ ތަން: ސިނަމާތަކުގައި
މި ފިލްމުގެ ޕެއިޑް ޕްރިވިއުތައް އޭޕްރިލް 16 އިން ފެށިގެން ދައްކަން ފަށާނެއެވެ. “ބޫތު ބަންގްލާ” އަކީ ގާތްގަނޑަކަށް 14 އަހަރަށްފަހު އަކްޝޭ ކުމާރާއި ޕްރިޔަދަރުޝަން އެކުގައި މަސައްކަތްކުރާ ފެންޓަސީ ހޮރޯ ކޮމެޑީ ފިލްމެކެވެ.

2- ޓޯސްޓަރ

🎞️ ކާސްޓް: ރާޖްކުމާރު ރާއޯ، ސާންޔާ މަލްހޯތުރާ، އަރްޗަނާ ޕުރާން ސިންގް، އުޕެންދްރަ ލިމާޔޭ، ފަރާ ޚާން، އަބީޝެކް ބެނަޖީ، ޖިތެންދްރަ ޖޯޝީ، 🎞️ ވިނޯދު ރާވަތު، ސީމާ ޕަހުވާ
🎞️ ޑައިރެކްޓަރު: ވިވެކް ދާސް ޗައުދަރީ
🎞️ ބާވަތް: އެކްޝަން ކޮމެޑީ
🎞️ ރިލީޒްކުރާ ތާރީޚު: 15 އެޕްރީލް 2026
🎞️ ބަލާލެވޭނެ ތަން: ނެޓްފްލިކްސް
“ޓޯސްޓަރ” ބިނާވެފައިވަނީ، އަލަށް ކައިވެނިކުރި ދެމަފިރިއަކަށް ހަދިޔާއަކަށް ދިން ޓޯސްޓަރެއް އަނބުރާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ދަހި މީހެއް ކަމަށްވާ ރާމަކާންތުގެ މައްޗަށެވެ. މި ޓޯސްޓަރު ހޯދުމުގެ ތެރޭގައި އޭނާ ނުރައްކާތެރި މައްސަލައެއްގެ ތެރެއަށް ވަދެގެންދެއެވެ.

3- ދޯ ދީވާނޭ ސެހެރު މޭ 

🎞️ ކާސްޓް: ސިދާންތު ޗަތުރްވޭދީ، މްރުނާލް ޓާކޫރް، އިލާ އަރޫން، ޖޯއީ ސެންގުޕްތާ، އައިޝާ ރާޒާ، އިނޭޝް ކޯޓިއަން، ސަންދީޕާ ދާރް، ދީޕްރާޖް ރާނާ، މޯނާ އަމްބެގޯންކަރް، އަޗިންތު ކޯރް، ނަވީން ކޯޝިކް
🎞️ ޑައިރެކްޓަރު: ރަވީ އުދްޔަވާރް
🎞️ ބާވަތް: ރޮމޭންޓިކް ޑްރާމާ
🎞️ ރިލީޒްކުރާ ތާރީޚު: 17 އެޕްރީލް 2026
🎞️ ބަލާލެވޭނެ ތަން: ނެޓްފްލިކްސް
ފެބްރުއަރީ 2026 ގައި ސިނަމާތަކަށް އައުމަށްފަހު، މި ފިލްމު މިހާރު މިވަނީ މަގުބޫލު ސްޓްރީމިންގް ޕްލެޓްފޯމަށް އަންނަން ތައްޔާރުވެފައެވެ. މި ފިލްމުން ފެނިގެންދާނީ އުފާވެރި ނިމުމަކުން ނިމޭ ލޯބީގެ އުނދަގޫ ދަތުރެކެވެ.

4- އައްސީ

🎞️ ކާސްޓް: ތާޕްސީ ޕައްނޫ، ކަނީ ކުސްރުތީ، ރޭވަތީ، މަނޯޖް ޕަހުވާ، ކުމުދު މިޝްރާ، މުހައްމަދު ޒީޝާން އައްޔޫބް، ސަތުޔަޖީތު ޝަރުމާ
🎞️ ޑައިރެކްޓަރު: އަނޫބަވް ސިންހާ
🎞️ ބާވަތް: ކޯޓްރޫމް ޑްރާމާ
🎞️ ރިލީޒްކުރާ ތާރީޚު: 17 އެޕްރީލް 2026
🎞️ ބަލާލެވޭނެ ތަން: ޒީ5
މިއީ މުޖުތަމައުގައި އަށަގަނެފައިވާ ނިޒާމީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވަރުގަދަ ކޯޓްރޫމް ޑްރާމާއެކެވެ.

5- މަޓްކާ ކިންގް

🎞️ ކާސްޓް: ވިޖޭ ވަރްމާ، ކްރިތިކާ ކާމްރާ، ސައި ތަމްހަންކަރް، ބޫޕެންދްރަ ޖަދާވަތް، ސިދާތު ޖަދާވް، ގުލްޝަން ގްރޯވާ، ބާރަތު ޖަދާވް، ގިރީޝް ކުލްކަރްނީ، ޖޭމީ ލީވާ، ކިޝޯރު ކަދަމް
🎞️ ޑައިރެކްޓަރު: ނަގްރާޖް ޕޮޕަޓްރާއޯ މަންޖޫލޭ
🎞️ ބާވަތް: ކްރައިމް ޑްރާމާ
🎞️ ރިލީޒްކުރާ ތާރީޚު: 17 އެޕްރީލް 2026
🎞️ ބަލާލެވޭނެ ތަން: ޕްރައިމް ވީޑިއޯ
“މަޓްކާ ކިންގް” އަކީ، މުޖުތަމައުގެ މަތީ ފަންތީގެ މީހުންގެ ތެރޭގައި ކުރިއަރައި ދިއުމަށްޓަކައި ޖުވާ ކުޅޭ ގޭމެއް ފެށި ކަފަ ވިޔަފާރިވެރިއެއް ކަމަށްވާ ބްރިޖް ބަޓީގެ ވާހަކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top