ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ގްރިލްޑް ޗިކަން ޕާސްތާ – މުނިއަވަސް ރަހަފަތް

ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވޭ ޕާސްތާގެ ތެރެއިން މިއީވެސް ޕާސްތާ ތައްޔާރުކުރެވިދާނެ މީރު ގޮތެކެވެ.

⏱️ ތައްޔާރުކުރަން ހޭދަވާނެ ވަގުތު: 1 ގަޑިއިރު

🍲 ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 150 ގްރާމް ކުކުޅު (ދެފަޅި ކޮށްފައި)

🍳 70 ގްރާމް ޕެންނޭ ޕާސްތާ

🍳 5 ގްރާމް ލޮނު

🍳 10 ގްރާމް ގްރީން އޮލިވް

🍳 5 ގްރާމް ލޮނުމެދު (ގާނާފައި)

🍳 30 ގްރާމް ލެޓިއުސް ފަތް

🍳 10 ގްރާމް ޗެރީ ޓޮމާޓޯ

🍳 10 މިލިލީޓަރު ވަރޖިން އޮލިވް އޮއިލް

🍳 5 ގްރާމް ތައިމް

🍳 ޓޮމާޓޯ ޗިލީ ސޯސް (ބޭނުންވާ މިންވަރަށް)

🍳 ބާބަކިއު ސޯސް (ބޭނުންވާ މިންވަރަށް)

🍳 އަސޭމިރުސް (ބޭނުންވާ މިންވަރަށް)

🍳 މެޔޮނައިޒް (ބޭނުންވާ މިންވަރަށް)

🍳 ޓޮމާޓޯ ކެޗަޕް (ބޭނުންވާ މިންވަރަށް)

♨️ ތައްޔާރުކުރާނެ ގޮތް:

1 – ކުކުޅުގައި މަސާލާ ހޭކުން:

މި މީރު ކެއުން ތައްޔާރުކުރުމަށްޓަކައި، އެންމެ ފުރަތަމަ ގްރިލް ރަނގަޅަށް ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅު ފަޅިތަކުގައި ސްޓޭކް ސީޒަނިންގް ހާކާށެވެ. (ސްޓޭކް ސީޒަނިންގް ތައްޔާރުކުރުމަށްޓަކައި ލޮނު، އަސޭމިރުސް، ލޮނުމެދު އަދި ކުޑަ މިރުސްކޮޅެއް އެއްކޮށްލާށެވެ.)

2 – ކުކުޅު ގްރިލް ކުރުމާއި ކުދިކޮށް ކޮށުން:

ގްރިލްގައި ކުޑަ ތެޔޮފޮދެއް ހޭކުމަށްފަހު ކުކުޅުތައް ގްރިލް ކުރަން ފަށާށެވެ. ކުކުޅުގެ ކޮންމެ ފަރާތެއް 6 މިނެޓާއި 8 މިނެޓާ ދެމެދުގެ ވަގުތަކަށް، ނުވަތަ ކުކުޅު ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ. ކުކުޅު ފިހެ ނިމުމުން، ހިހޫވުމަށްޓަކައި ބާއްވާށެވެ. އޭގެ ފަހުން ކުކުޅު ފަޅިތައް ދިގުކޮށް ކޮށާލާށެވެ.

3 – ޕާސްތާ ކެއްކުން:

ކުކުޅު ތައްޔާރުވަމުންދާއިރު، ފުން ތަވައެއް ނުވަތަ ތެއްޔެއްގައި ލޮނުކޮޅެއް އަޅައިގެން ޕެންނޭ ޕާސްތާ ކައްކަން އުނދުން މައްޗަށް އުދާލާށެވެ. ގާތްގަނޑަކަށް 8 މިނެޓާއި 10 މިނެޓާ ދެމެދު، ނުވަތަ ޕާސްތާ މަޑުވަންދެން ކައްކާށެވެ. ޕާސްތާ މަޑުވުމުން ފެންފޮދު އޮއްސާލުމަށްފަހު، ފިނިފެނުން ދޮވެލާށެވެ.

4 – ހުރިހާ ބާވަތްތަކެއް އެއްކުރުން:

ބޮޑު ތައްޓެއްގައި ހުރިހާ ސޯސްތަކާއި، މެޔޮނައިޒް، އޮލިވް، ލެޓިއުސް އަދި ޗެރީ ޓޮމާޓޯ އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި ޕާސްތާ އާއި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅައި، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު މިވަނީ މީރު ކެއުމެއް ތައްޔާރުކޮށް ނިމިފައެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top