ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ” ގެ ފުރަތަމަ ލުކް ދައްކާލައި، ރިލީޒްކުރާ ތާރީޚު އަވަސްކޮށްފި

ވަރުން ދަވަން، ޕޫޖާ ހޭގްޑޭ އަދި މުރްނާލް ޓާކޫރް، ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑް ރޮމް-ކޮމް ފިލްމު “ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ”ގެ ފުރަތަމަ ލުކް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީޚު ތިން ހަފުތާ އަވަސްކޮށްފިއެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ 12 ޖޫން 2026 ގައެވެ. ނަމަވެސް 14 އެޕްރީލްގައި އިޢުލާންކުރި ގޮތުން، ފިލްމު މިހާރު ރިލީޒްކުރާނީ 22 މެއި 2026 ގައެވެ. އަންގާރަ ދުވަހު ދައްކާލި ފުރަތަމަ ލުކް ޓީޒާގައި ވަރުން ދަވަން “ޖައްސް”ގެ ރޯލުން، މުރުނާލް ޓާކުރް “ބާނީ”ގެ ރޯލުން، އަދި ޕޫޖާ ހޭގްޅޭ “ޕްރީތު”ގެ ރޯލުން ފެނިގެންދެއެވެ. މި ފިލްމަކީ ލަވް ޓްރައެންގަލެއް ދައްކައިދޭ މަޖާ ފިލްމެކެވެ.

ފުރަތަމަ ލުކް ވީޑިއޯ ދައްކާލުމާ އެކު ބެލުންތެރިންގެ ތަފާތު ރިއެކްޝަންތައް ފެނިގެންދިޔައެވެ. ގިނަ ފޭނުން ވަނީ ބަތަލާއިންގެ ފެނިލުންތަކަށް ތައުރީފުކޮށް، ލަވް ޓްރައެންގަލާ މެދު ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

22 މެއިގައި މި ފިލްމު ރިލީޒްކުރާއިރު، ހަމަ އެ ދުވަހު އަނޫރާގް ކަޝްޔަޕްގެ “ބަންދަރް”އާއި އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ލީޑް ރޯލުން ފެނިގެންދާ “ޗާންދް މޭރާ ދިލް” ވެސް ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އެއްވެސް ފިލްމެއްގެ ރިލީޒް ތާރީޚު ބަދަލުކުރާނެ ކަމަކަށް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top