ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހީރާ ޕޭރީ 3 އާ ބެހޭ ގޮތުން އަކްޝޭ ކުމާރު ދިން ޚަބަރުން ފޭނުން މާޔޫސްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު، ގިނަ ބައެއް އިންތިޒާރުކުރަމުން އަންނަ “ހީރާ ޕޭރީ 3” އާ ބެހޭ ގޮތުން ފޭނުންނަށް މާޔޫސްކުރުވަނިވި ޚަބަރެއް ހިއްސާކޮށްފިއެވެ.

އިންސްޓަގްރާމް ލައިވް ޗެޓެއް މެދުވެރިކޮށް ފޭނުންނާ ވާހަކަ ދައްކަމުން 58 އަހަރުގެ އެކްޓަރު ބުނީ މި ސުވާލު އަންނާނެކަން އެނގޭ ކަމަށާއި، ނަމަވެސް ފިލްމާ ބެހޭ ގޮތުން ޔަގީން އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ. ފޭނުން އިތުރު ތަފްސީލަށް އެދުނު ނަމަވެސް، އެ ޕްރޮޖެކްޓް މިވަގުތު ހުއްޓިފައި އޮތް ކަމަށް ބެލެވޭތީ އިތުރު މަޢުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް ކުމާރު ބުންޏެވެ.

ހީރާ ޕޭރީ 3 އިޢުލާނުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަކްޝޭ ކުމާރު، ސުނީލް ޝެޓީ އަދި ޕަރޭޝް ރާވަލް ލީޑް ރޯލުތަކުގައި ހިމެނޭ ގޮތަށެވެ. ނަމަވެސް 2025 ވަނަ އަހަރުގެ މެއި މަހު 15 ކުރޯޑުގެ ފީ އާއި ކްރިއޭޓިވް ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕަރޭޝް ރާވަލް ޕްރޮޖެކްޓުން ވަކިވިއެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ޚިޔާލުތަފާތުވުންތައް ހައްލުކޮށް ރާވަލް ވަނީ އަލުން ކާސްޓާ ގުޅިފައެވެ.

ޕްރިޔަދަރްޝަން ޑައިރެކްޓް ކުރާ ކަމަށް ރިޕޯޓްތައް ބުނާ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ. 2000 ވަނަ އަހަރުގެ ހީރާ ޕޭރީ އާއި 2006 ވަނަ އަހަރުގެ ޕިރް ހީރާ ޕޭރީގެ ތިންވަނަ ބައި ކަމަށްވާ މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top