ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާޝިގީގެ ބަތޮލު ރާހުލް ރޯއީ ހުރިގޮތުން އޭނާ ދެނެގަންނަންވެސް ދަތިވެއްޖެ

މަޝްހޫރު ހިންދީ ފިލްމު “އާޝިގީ”ން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ރާހުލް ރޯއީ، މުމްބާއީގެ މަގުމަތިން ފެނުނުއިރު އޭނާ ހުރި ގޮތުން ގިނަ ބަޔަކަށް އޭނާ ދެނެގަންނަންވެސް ދަތިވެއްޖެއެވެ.

ދާދި ފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރާހުލް ރޯއީ ފެނިގެންދަނީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެން، ބަރު ދަބަހެއް ކޮނޑަށް ލައިގެން މުމްބާއީގެ މަގުމަތީގައި ހިނގާފައި ދަނިކޮށެވެ. އޭނާގެ އިސްތަށިގަނޑު ހުރި ގޮތުންނާއި، ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުރީގެ މަޝްހޫރު ތަރިއާ މިހާރުގެ ސިފައާ ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ.

މި ވީޑިއޯ އާންމުވުމާއެކު، އޭނާގެ ފޭނުންނާއި އާންމުން ދަނީ އޭނާގެ ސިއްހީ ހާލަތާ މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 2020 ވަނަ އަހަރު ފިލްމެއްގެ މަސައްކަތުގައި އުޅެނިކޮށް ރާހުލްއަށް ވަނީ ސިކުނޑީގެ ސްޓްރޯކެއް ޖެހިފައެވެ. އެ ހާދިސާއަށްފަހު އޭނާގެ ސިއްހަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ރާހުލް ރޯއީ އަކީ 1990 ވަނަ އަހަރު ނުކުތް “އާޝިގީ” އިން ބޮޑު މަޝްހޫރުކަމެއް ހޯދައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. ނަމަވެސް، ފަހަކަށް އައިސް އޭނާ ފިލްމީ ދާއިރާއިން ފެންނަނީ ވަރަށް މަދުންނެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top