ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ދެވަނަ ދަރިފުޅަކަށް ބަލިވެ އިން ޚަބަރު ހާމަކޮށްފިއެވެ.
ދީޕިކާ އާއި ފިރިމީހާ ރަންވީރް ސިންގް މި އުފާވެރި ޚަބަރު ހިއްސާކުރީ އިންސްޓަގްރާމުގައި ދެ މީހުން ގުޅިގެން ޝާއިޢުކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ފެންނަނީ ދެމަފިރިންގެ ދޮށީ ދަރިފުޅު ދުއާ، ޕޮޒިޓިވް ޕްރެގްނެންސީ ޓެސްޓް ކިޓެއް ހިފައިގެން ހުންނަ މަންޒަރެވެ. ދީޕިކާ ކެޕްޝަންގައި ޖެހީ ހަމައެކަނި ދެ ނަޒަރު އިމޯޖީއެވެ.
ދީޕިކާ އާއި ރަންވީރް ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތެއްގައެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
View this post on Instagram
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހްރުކް ޚާން އާއި ސުހާނާ ޚާންއާއެކު “ކިންގް” އިންނެވެ. އޭގެ އިތުރުން އައްލޫ އަރްޖުން ބައިވެރިވާ އަދި އެޓްލީ ޑައިރެކްޓްކުރާ “ރާކާ” ގައިވެސް ދީޕިކާ ހަރަކާތްތެރިވާނެއެވެ.
ރަންވީރް އަންނަނީ އޭނާގެ އެންމެ ފަހުން ނުކުތް “ދުރަންދަރް” އާއި “ދުރަންދަރް: ދަ ރިވެންޖް” ގެ ބޮޑު ކާމިޔާބީ ފާހަގަކުރަމުންނެވެ. “ދުރަންދަރް: ދަ ރިވެންޖް” ވެފައިވަނީ އިންޑިއާގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިންވަނަ ފިލްމަށެވެ. ރަންވީރް ދެން ފެނިގެންދާނީ ޖޭ މެހެތާ ޑައިރެކްޓްކުރާ “ޕްރަލޭ” އިންނެވެ.
