ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ޚާންގެ ރޯލަށް ޝާހް ރުކް ޚާން!

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމު “އިންޝާﷲ” ގައި ސަލްމާން ޚާން ކުޅުމަށް ކުރިން ހަމަޖެހިފައި އޮތް ރޯލަށް، މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އަންނަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ.

މި ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ސަލްމާން ޚާނާއި އާލިއާ ބަޓް ލީޑް ރޯލުން ފެންނާނެ ކަމަށް އިޢުލާންކުރި މަޝްރޫޢެކެވެ. ނަމަވެސް، ޑައިރެކްޓަރު ބަންސާލީއާއި ސަލްމާނާ ދެމެދު އުފެދުނު އުފެއްދުންތެރި ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން، ސަލްމާން ވަނީ މި ފިލްމުން ވަކިވެފައެވެ. އޭގެ ފަހުން މި ފިލްމުގެ މަސައްކަތް އޮތީ މެދުކެނޑިފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބަންސާލީ މިހާރު ވަނީ މި ފިލްމުގެ މުހިންމު ރޯލާ ގުޅޭގޮތުން ޝާހްރުކް ޚާނާއެކު މަޝްވަރާތައް ބާއްވަން ފަށާފައެވެ. ޝާހްރުކް މި ފިލްމަށް އެއްބަސްވެއްޖެނަމަ، މިއީ “ޑިއަރް ޒިންދަގީ” އަށް ފަހު އާލިއާ ބަޓާއެކު އޭނާ ބޮޑު އިސްކްރީނުން ފެންނާނެ ދެވަނަ ފިލްމެވެ.

“އިންޝާﷲ” އަކީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުންނަ ދެމީހެއްގެ މެދުގައި ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަންސާލީ އާއި ޝާހްރުކް ޚާން އެންމެ ފަހުން އެކުގައި މަސައްކަތްކޮށްފައިވަނީ 2002 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު “ދޭވްދާސް” ގައެވެ.

ޝާހްރުކް ޚާން މި ފިލްމާ ގުޅޭނެކަން ރަސްމީކޮށް އަދި ކަށަވަރު ނުވިނަމަވެސް، ބަންސާލީ އަންނަނީ މި ފިލްމުގެ މަސައްކަތް އަލުން ފެށުމަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. މި ބަދަލާއެކު ބޮލީވުޑްގެ ސަޕޯޓަރުން ތިބީ މި ފިލްމާ މެދު ވަރަށް ބޮޑު އުންމީދެއްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top