މިއަދު މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ ބިސް ޗީޒް ޕެޓީސް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ރޯދަވީއްލާ ގަޑިޔަށް އަދި ދަރިވަރުންގެ އިންޓަވަލް ގަޑިޔަށް ތައްޔާރުކޮށްލަންވެސް ވަރަށް އެކަށީގެންވާ، ފައިދާހުރި ކެއުމެކެވެ.
ބޭނުންވާނެ ތަކެތި:
– 2 ބިސް
– ¼ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
– ¼ ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު
– 1 މޭޒުމަތީ ސަމުސާ ތެޔޮ
– ½ ޖޯޑު ގާނަފައި ހުރި ޗެޑަރ ޗީޒް
– 2-3 މޭޒުމަތީ ސަމުސާ ކޮތަންބިރި (މުގުރާފައި)
– ½ ޖޯޑު ގާނަފައި ހުރި މޮޒަރެއްލާ ޗީޒް
– ކޮޕީފަތް ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެ ގޮތް:
– ބޯތަށްޓެއްގެ ތެރެއަށް ބިސް، އަސޭމިރުސް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
– ތަވައެއްގެ ތެރެއަށް ތެޔޮފޮދެއް އަޅައި ބޯތަށީގައި އެއްކުރި ބިހުގެ މިކްސްޗަރ އަޅައިގެން ދޭފަތުން ހަލުވަމުން ބިސްގަނޑު އަޅާށެވެ. ބިސް ހުންނަންވާނީ ކުދިކުދިކޮށް ރޫޅިފައެވެ.
– ބޯތަށީގެ ތެރެއަށް ޗެޑަރ ޗީޒް، ކޮތަންބިރި، މޮޒަރެއްލާ ޒީޒް އަދި ކޮޕީފަތް އަޅައި ރަނގަޅަށް އެއްކޮށްލާފައި ބަހައްޓާށެވެ.
– ރޮށި މޮޑޭގޮތަށް މޮޑެ ދަމާފައިވާ ފުށްގަނޑު ހަތަރެސްކަނަށް ވާގޮތަށް ކަފާށެވެ. ކަފާފައިވާ ފުށްގަނޑުގައި ބިހުގެ ރީނދޫ ބައި އުނގުޅުމަށްފަހު ކުރިން ތައްޔާރުކޮށްފައިވާ ތަކެތި އެޅުމަށްފަހު ފުށްގަނޑު ތިނެސްކަނަށް ވާގޮތަށް ފަތްޖަހާލާށެވެ. ފަތް ޖެހުމަށްފަހު އުލުގެ ދަތްތަށް ބޭނުންކޮށްގެން ރަނގަޅަށް ކައިރިފަށް އޮއްބާލައި ތަތްކޮށްލާށެވެ. އެއަށްފަހު ފުށްގަނޑުގެ ބޭރުގައިވެސް ބިހުގެ ރީނދޫ ބައި އުނގުޅާށެވެ.
– ޓްރޭގެ ތެރެއަށް ކުޑަފެންފޮދެއް ޖެހުމަށްފަހު ޓްރޭގައި ޕެޓީޒް ތައް އަތުރާލާށެވެ.
– 180 ޑިގްރީ ގައި ހޫނުކޮށްފައިވާ އަވަނަށް ލައިގެން 40-45 މިނެޓް ވާންދެން ފިހާށެވެ.
– މިހާރު އެހެރީ ބިސް ޗީޒް ޕެޓީސް ތައްޔާރުކުރެވިފަ އެވެ.
