ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
ޕްރިޔަންކާ ޗޯޕްރާގެ “ސިޓަޑެލް” ސީޒަން 2 މެއި މަހު
ފޮޓޯ: ޕްރައިމް ވީޑިއޯ އެކްސް

ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑަން ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު ސްޕައި ތުރިލާ ވެބް ސީރީޒް “ސިޓަޑެލް”ގެ ދެވަނަ ސީޒަން އަންނަ މެއި މަހު 6 ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

މި ސިލްސިލާގެ އިންތިޒާރުގައި ތިބި ފޭނުންނަށް މި އުފާވެރި ޚަބަރު ދީފައިވަނީ އިއްޔެއެވެ. ޕްރައިމް ވީޑިއޯއިން ވަނީ ދެވަނަ ސީޒަނުގެ ފޯރިގަދަ އެކްޝަން މަންޒަރުތައް ހިމެނޭ ޓްރެއިލާ އާންމުކޮށް ސިލްސިލާ ދައްކަން ފަށާ ތާރީޚު ކަށަވަރުކޮށްދީފައެވެ.

“ސިޓަޑެލް” އަކީ ވަރުގަދަ ޖާސޫސީ އިދާރާއެއްގެ އެލީޓް އެޖެންޓުން ކަމަށްވާ މޭސަން ކޭން އާއި ނާދިއާ ސިން އަދި ބާނާޑް އޮރްލިކްގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ. މި އެޖެންޓުންނަކީ ދުނިޔޭގެ ނުފޫޒުގަދަ އާއިލާތަކުން ހިންގާ “މެންޓިކޯ” ނެޓްވޯކުން ކުރިމަތިކުރާ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެކެވެ.

މި ސީޒަނުގެ ވާހަކަ ބިނާވެފައިވަނީ، ކުރިމަތިވާ އާ ނުރައްކާތެރި، ބިރުވެރިކަމަކާ ގުޅިގެން މި ތިން އެޖެންޓުން އަލުން އެނބުރި މައިދާނަށް ނުކުމެ، ހުނަރުވެރި އާ އެޖެންޓުންގެ ޓީމެއް އެކުލަވާލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މިޝަންތަކެއްގެ މައްޗަށެވެ. މީގެ ބޭނުމަކީ އިންސާނިއްޔަތަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ ނުރައްކާތެރި ރޭވުމެއް ހުއްޓުވުމެވެ.

މި ސީޒަނުގައި ޕްރިޔަންކާ ޗޯޕްރާ، ރިޗަޑް މެޑަން އަދި ސްޓެންލީ ޓޫޗީގެ އިތުރުން ލެސްލީ މެންވިލް އާއި އަޝްލީ ކަމިންގްސް ވެސް ފެނިގެންދާނެއެވެ. އަދި އާ ތަރިންގެ ގޮތުގައި ޖެކް ރޭނޯ، މެޓް ބެރީ، ލީނާ އެލް އަރަބީ، މާލް ޑެންޑްރިޖް އަދި ގެބްރިއަލް ލިއޯން ފަދަ ތަރިން ފެންނާނެއެވެ.

އެމެޒޯން، އެމްޖީއެމް ސްޓޫޑިއޯސް އަދި ރޫސޯ ބްރަދާސްގެ އެޖީބީއޯ ގުޅިގެން އުފައްދާ މި ސިލްސިލާގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި އެންތަނީ ރޫސޯ އާއި ޖޯ ރޫސޯ ހިމެނެއެވެ. މި ސީޒަނުގެ ޝޯރަނަރ، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރަކީ ޑޭވިޑް ވީލްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top