މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދެނީ ކަންކުން ފަތުން ތައްޔާރުކޮށްލާ ކެއުމެކެވެ. ކަންކުން ފަތަކީ އެއިން ތަފާތު ބާވަތްބާވަތުގެ ރަހަމީރު ކާނާ ތައްޔާރުކޮށްލެވިދާނެ ފަތެކެވެ. އެގޮތުން ކަންކުން ޑެވިލް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، ބަތާއިއެކުގައި ނުވަތަ ރޮއްޓާއިއެކުގައި ކެއުމަށް އެހާމެ މީރު ލައިގެންކާ އެއްޗެކެވެ.
ކަންކުން ފަތަކީ ސިއްޙީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ. އެގޮތުން ވިޓަމިންގެ ބާވަތެއް ކަމަށްވަ ކެރޮޓިނޮއިޑްސްގެ ލޫޓިއަން އާއި ޕްރޯ-ވިޓަމިން އޭ ލިއްބައިދެއެވެ. އަދި ފާހަގަ ކޮށްލެވޭ މިންވަރަކަށް ކެލްސިއަމް، ވިޓަމިން ބީ، ސީ އަދި އެމައިނޯ އެސިޑްސް އާއި ދަގަނޑުގެބައި ހިމެނެއެވެ. ގިނައިން ކަންކުން ފަތް ކާނަމަ ބޮޑުކަމުދާން ފަސޭހަ ވާނެއެވެ.
ބޭނުންވާނެ ތަކެތި:
2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ އިނގުރު
2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ ލޮނުމެދު
2 ސައިސަމުސާ މިރުސް، ކުދިކޮށް ކޮށާފައި
2 ސައިސަމުސާ ތެޔޮ
3 ސައިސަމުސާ ޓޯމާޓޯ ސޯސް
4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
ރަހަލާވަރަށް ލޮނު
50 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
30 ގްރާމް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
200 ގްރާމް ކަންކުން ފަތް (5 އިންޗި އަށް ބުރިކޮށްފައި)
ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލައި، އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި މުށިކުލަ އަރަންދެން ރަތްކޮށްލާށެވެ. ދެން ފިޔާ އަޅާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅައި 5 މިނެޓްވާންދޭން މަޑު ގިނީގައި ކައްކާށެވެ. (ކަންކުން ފަތުގެ ފެހިކުލަ ނުކެނޑޭވަރަށް ކެއްކުން މުހިންމެވެ.) ދެން ބާކީ ހުރި ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލައި އުނދުން ނިވާލައި އުނދުނުގެ ހޫނުގައި 2 މިނެޓް ވަންދެން ކައްކާށެވެ. ބަތާއިއެކުގައި ކެއުމަށް ވަރަށް މީރުވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!