ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް” : މުޅި ނޫނު އަތޮޅަށް ހުޅުވާލެވޭ ވޮލީގެ ފޯރިގަދަ ޢީދެއް

ނ. ވެލިދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް 2026” މިހާރު ވަނީ ބޯމަތިވެފައެވެ. މިއީ މުޅި ނޫނު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ތިންވަނަ އެޑިޝަނެވެ.

މިދިޔަ 2024 އަދި 2025 ވަނަ އަހަރު ބޭއްވުނު މުބާރާތްތަކަކީ ވަރަށް ކާމިޔާބު މުބާރާތްތަކެއްކަން ފާހަގަކުރައްވަމުން، ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސައިން ވިދާޅުވީ، މިއަހަރުގެ މުބާރާތަކީވެސް އެފަދަ ފުރިހަމަ އަދި ކާމިޔާބު މުބާރާތަކަށް ހެދުމަކީ ކައުންސިލްގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މި މުބާރާތަކީ ނޫނު އަތޮޅުގެ ވޮލީ އާއިލާއަށާއި، މި ކުޅިވަރުގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާ ރަނގަޅު ފުރުޞަތެކެވެ. މިއަހަރުގެ މުބާރާތަށްވެސް ވެލިދޫ އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރުވަމުންނެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަނުން:

“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް” ފެށުނު 2024 ވަނަ އަހަރު، ފޯރިގަދަ ކުޅުމަކަށްފަހު އަންހެން ޑިވިޜަންގެ ތަށި އުފުލާލީ މުބާރާތް ބޭއްވި ރަށް، ނ. ވެލިދޫއެވެ. ޖެހިގެން އައި 2025 ވަނަ އަހަރުގެ މުބާރާތުގައި ފެނިގެންދިޔައީ ވަރުގަދަ ވާދަވެރިކަމެކެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ނ. ހެނބަދޫއެވެ. މި ދެ އަހަރުވެސް މުބާރާތުން ފެނިގެންގޮސްފައިވަނީ އަތޮޅުގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެކެވެ.

މިއަހަރުގެ މުބާރާތް ފެށޭ ތާރީޚް:

މި މުބާރާތުގެ ތިންވަނަ އެޑިޝަން، “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް 2026” ފެށުމަށް ހަމަޖެހިފައިވަނީ 25 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުއެވެ. މިކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ނިމިފައިވާކަމަށް ވެލިދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިހާރު ދަނީ އެންމެ ފަހުގެ ފަރިތަކުރުންތަކާއި ތައްޔާރީތައް ވަމުންނެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތަކީވެސް އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށްދާނެ، އެކުވެރިކަމުގެ ރޫޙު ފެނިގެންދާނެ މުބާރާތަކަށް ހެދުމަށް ވަނީ އިސްކަންދީފައެވެ.

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top