ދީނީ ސުވާލެއް އޮތީތަ؟
ވީޑިއޯ
މިހެން ހެދީމަ މަދިރިން ސަލާމަތްވާނެޔޯ!

މަދިރީގެ އުނދަގުލަކީ އެކަމުން ރެކެވޭނެ ކޮންމެ މަގެއްވެސް އިޚްތިޔާރުކުރުމަށް އިންސާނުން މަސައްކަތް ކުރާނެ ކަމެކެވެ. ޚާއްޞަކޮށް މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކުގެ ސަބަބުން މަދިރިން ސަލާމަތްވުމަކީ އަހަރެމެން އެންމެންވެސް ބޭނުންވާނެ ކަމަށެވެ. ގޭގެ ގޯތިތެރޭގައި އަރާމުކޮށްލުމަށް ތިބޭއިރު މަދިރީގެ އުނދަގޫ އިންތިހާއަށް ފޯރައެވެ.

ކުޑަކުޑަ މި ސޫފީގެ އުނދަގުލުން ސަލާމަތްވުމަށް އަހަރެމެން މަދިރި ދުންދަނޑިއާއި ލޯޝަން އަދި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން މާބޮޑު އަސަރެއް ނުކުރެއެވެ.

އެހެންނަމަވެސް މި ވީޑިއޯ އިން ފެންނަގޮތަށް ގޭތެރޭގައި ޢާއްމުކޮށް ބޭނުންކޮށްއުޅޭ ބައެއް ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލާ މި ޚާއްޞަ މެޝިނުން މަދިރީގެ އުނދަގުލުން ސަލާމަތް ވެވޭނެކަމަށް ބުނެއެވެ. އެހެންކަމުން މިއީވެސް އަޖުމަ ބަލައިލުން ރަނގަޅު ކަމެއްކަމަށް ފެނެއެވެ.

މިކަމަށް ބޭނުންވާނީ 2 ލިޓަރުގެ ޕްލާސްޓިކް ހުސްފުޅިއެއް، ވަޅިއެއް، ބްރައުން ޝުގަރ، ހޫނު ފެން އަދި ކަމީރެވެ.

ފުޅި މެދަށްވުރެން މަތިން ބުރިކޮށްލާށެވެ. ފުޅީގެ ފޫ ހިމެނޭ ބައިގެ ތެރެއަށް ¼ ޖޯޑުގެ ބްރައުން ޝުގަރ، 1 ޖޯޑު ހޫނުފެން އަދި ¼ ސަމުސާ ކަމީރު އަޅާށެވެ. މިތަކެތި އެއްކޮށްލުމުން އުފެދޭ މިކްސްޗަރ އަށް މަދިރި އަންނާނެ އެވެ. 

ފުޅީގެ މަތީބައި ނެގުމަށްފަހު، ފުޅީގެ ފުލުބައިގެ ތެރެއަށް އެކޮޅުކޮޅުން ޖަހައި ވައްދާލާށެވެ. ތައްޔާރުކޮށްލެވުނު ކުޑަކުޑަ މި މެޝިނުގެ ތެރެއަށް މަދިރިވަންނާނެއެވެ. މިކްސްޗަރ އާއި ހަމައަށް މަދިރިތައް ވަންނައިރަށް މަދިރި މަރުވާނެ އެވެ.

ގޯތިތެރޭގައި އަހަރެމެން މަޑުކޮށްލައިގެން ތިބޭ ތަންތަނުގައި މިގޮތަށް ފުޅިބުރިތައް ބަހައްޓައިގެން ތިބުމުން މަދިރި ހެފުމުން ސަލާމަތް ވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top