ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
“ދަ ލެޖެންޑް އޮފް އޭންގް” ލީކުކޮށްލި މީހާއަށް 50،000 ޑޮލަރުގެ ޖޫރިމަނާއެއް؟
ފޮޓޯ: ގޫގަލް

އަދި ރިލީޒްނުކުރާ އެނިމޭޓެޑް ފިލްމެއް ކަމަށްވާ “ދަ ލެޖެންޑް އޮފް އޭންގް: ދަ ލާސްޓް އެއާބެންޑާ” ގެ ބައިތަކެއް އިންޓަނެޓަށް ލީކުކޮށްލި މައްސަލައިގައި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މި މަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި ފިލްމުގެ ކްލިޕްތަކެއް ދައުރުވަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދެނެގަނެ، ރިޕޯޓް ލިބުނުތާ އެއް ދުވަސް ތެރޭގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ސްޓްރެއިންސް ޓައިމްސްއިން  ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލަ ތަހުޤީޤުކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި މީހާ ވަނީ ފިލްމު ރައްކާކޮށްފައި ހުރި މީޑިއާ ސާވަރަކަށް ހުއްދަނެތި ވަދެ، އެ ފިލްމު ޑައުންލޯޑް ކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ފިލްމުގެ ބައެއް މަންޒަރުތައް މީސްމީޑިއާއަށް އަޕްލޯޑް ކޮށްފައެވެ. އޭނާ ހައްޔަރުކުރިއިރު، ބައެއް އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން މި ފިލްމުގެ ކޮޕީއެއް ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

މި މައްސަލައިގެ ތަހުޤީޤު މިހާރު ކުރިއަށްދާއިރު، ކުށް ސާބިތުވެއްޖެ ނަމަ އެ މީހާގެ މައްޗަށް ގިނަވެގެން ހަތް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 50،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ނުވަތަ މި ދެ އަދަބު އެކުގައި އައުން އެކަށީގެންވެއެވެ.

މި ފިލްމު ޕެރަމައުންޓް ޕްލަސް އިން ރިލީޒްކުރަން ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމުގެ އެތައް މަހެއް ކުރިން، އާދައިގެ ކެމެރާ ރެކޯޑިންތަކާ ޚިލާފަށް، ވަރަށް ސާފު ކޮޕީއެއް ވަނީ އޮންލައިންކޮށް ލީކުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފިލްމު އުފައްދާ ކުންފުނި، ޕެރަމައުންޓުން ވަނީ ޚާއްސަ ތަހުޤީޤެއް ހިންގާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ލީކަކީ އެ ކުންފުނީގެ ސިސްޓަމްތަކުގައި ހުރި ނާޒުކުކަމަކުން ދިމާވި ކަމެއް ނޫނެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދިޔަ ކްލިޕްތައް ކޮޕީރައިޓް ޤާނޫނޫގެ ދަށުން މިހާރު ވަނީ ނަގާފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top