ރާއްޖޭގެ ފުރަތަމަ އެނިމޭޓެޑް ފީޗާ ފިލްމު ”ބަގީޗާ“ އަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފި އެވެ.
ސެލްމިން ސްޓޫޑިއޯ އިން އުފެއްދި ފީޗާ ފިލްމު ”ބަަގީޗާ“ ޕްރިމިއަރ ކޮށްދެއްވާ ފިލްމު ބައްލަވައިލެއްވުމަށް ފަހު އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ ގެ ފުރަތަމަ ފީޗާ ފިލްމު ”ބަަގީޗާ“ ބެއްލެވުން ’އެންޖޯއީ‘ ކުރެއްވިކަމަށެވެ.

އިބޫ ކުރެއްވި ޓްވީޓް
އިތުރަށް ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށާއި އެފަދަ އިތުރު އުފެއްދުންތައް ކުރިއަށް އޮތްތަނުގައި ދެކިލައްވަން ބޭނުންފުޅު ކަމަށެވެ.
މި ފިލްމާ ގުޅޭގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަގީޗާއަކީ އެނިމޭޓެޑް ފިލްމެއްގައި ހުންނަންޖެހޭ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެއް ކަމަށެވެ. ބޭރުގެ ސްޓޫޑިއޯ އަކުން އުފައްދާނަމަ އެތައް މިލިއަން ޑޮލަރެއް މިފަދަ ފިލްމަކަށް ހަރަދުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އާޓިސްޓުންގެ ހުނަރު ފެނިގެންދާ ފިލްމެއް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




