ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަނޯޖް ބާޖްޕާއީގެ “ގަވާނަރ: ދަ ސައިލެންޓް ސެވިއާ” ގެ ޕޯސްޓަރުތައް ދައްކާލައިފި
"ގަވާނަރ: ދަ ސައިލެންޓް ސެވިއާ" / މަނޯޖް ބަޖްޕާއީ ފޭސްބްކް

މަނޯޖް ބާޖްޕާއީ ލީޑް ރޯލުން ފެނިގެންދާ ފިލްމު “ގަވާނަރ: ދަ ސައިލެންޓް ސެވިއާ”ގެ އައު ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.

އަލަށް ނެރުނު ޕޯސްޓަރުތަކުން ފެންނަނީ ބާޖްޕާއީގެ ރަފް އަދި ވަރުގަދަ ސިފައެކެވެ. ފިލްމުގެ ނަން ދާދި ފަހުން ހާމަކުރުމާ އެކު ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެފައިވާ މި ފިލްމުގެ ޕޯސްޓަރުތަކުން ބާޖްޕާއީގެ ކެރެކްޓާގެ ތަފާތު ފަރާތްތައް ދައްކުވައިދެއެވެ. ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ މި ތަރީގެ އިތުރުން އާދާ ޝަރްމާ ވެސް މި ފިލްމުގެ ޕޯސްޓަރުތަކުން ފެނެއެވެ.

ޕޯސްޓަރުތަކުގައި ހިމެނޭ ޓެގްލައިންތަކުން ފިލްމުގެ ވާހަކައިގެ ތީމް ހާމަވެއެވެ. އޭގެ ތެރޭގައި “އަބް ބާރީ މެރީ ހޭ”، (މިފަހަރު މިއީ އަހަރެންގެ ފަހަރު)، “އައި ވިލް ނޮޓް ލެޓް އިންޑިއާ ފެއިލް”، (އިންޑިއާ ފެއިލްވިޔަކަ އަހަރެން ނުދޭނަން)، އަދި “އިންޑިއާ އިޒް އޮން ދަ ވާޖް އޮފް ބެންކްރަޕްސީ، ހީ ސޯ އިޓް ކަމިން” (އިންޑިއާ ބެންކްރަޕްޓްވެދާާނެ ކަމުގެ ތުންފަތްމަތީގައި އޮތްތަން އޭނާއަށް ފެނޭ) ފަދަ ތެގްލައިތައް ހިމެނެއެވެ. މި ޓެގްލައިންތަކުން ދޭހަވަނީ މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ އިޤުތިޞާދީ ބޮޑު ކާރިސާއެއްގެ މައްޗަށް ކަމެވެ.

މި ފިލްމަކީ ވިޕުލް އަމްރުތުލާލް ޝާހް ޕްރޮޑިއުސްކޮށް ސަންޝައިން ޕިކްޗާޒް އިން ހުށަހަޅައިދޭ ފިލްމެކެވެ. ޑައިރެކްޓްކޮށްފައި ވަނީ ޗިންމޭ މަންޑްލެކާ އެވެ. ކޯ-ޕްރޮޑިއުސަރަކީ އާޝިން އޭ. ޝާހް އެވެ. ފިލްމުގެ ލިރިކްސް ލިޔެފައި ވަނީ ޖާވީދު އަޚްތަރެވެ. އަދި މިއުޒިކް ތައްޔާރުކޮށްފައި ވަނީ އަމިތު ތްރިވީދީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top