ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަމްހާ” އޮލިމްޕަހަށް މިމަހު 29 ވަނަ ދުވަހުގެ ރޭ!

“އިންސާނެއް ދާން އޮންނަނީ އެއްމެ މަގެއް ނޫން….. ބައިވަރު މަގުތައް އޮވޭ. ދަތުރުކުރަމުންދާ މަގު ބަންދުވެއްޖެއްޔާ އެހެން މަގެއް އިހުތިޔާރުކުރުމަކީވެސް އަހަރުމެން ކުރަން ޖެހޭނެ ކަމެއް. އެއީ ދިރިއުޅުމަކީ.” މިމަހު 29 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފަށާ “ލަމްހާ”ގެ ޓްރެއިލާ ފެށިގެން އަންނަނީ މި ޑައިލޮގުތަކާއެކުގައެވެ. އެ ވާހަކަތައް ލަމްހާއަށް އެ ކިޔައިދެނީ ލަމްހާގެ ބައިވެރިޔާއެވެ.

“ލަމްހާ” އަކީ ދިވެހި ސިނަމާގެ ތަޖުރިބާކާރު ޑައިރެކްޓަރު މުޙައްމަދު ހިލްމީ ލިޔެ ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

މަންމައަކާއި ދަރިއެއްގެ ދެމެދުގައިވާ ވަރުގަދަ ކުލުނާއި ލޯބީގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު “ލިލީ” އިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދި ޒުވާން ބަތަލާ އައިޝާ އަލީއެވެ. ފިލްމުގެ މައިގަނޑު ކާސްޓުގައި އަހުމަދު ޝާރިފް، ނުޒުހަތު ޝުއައިބް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެއެވެ.

ރަށްރަށުގައި މި ފިލްމު ޑިސްޓްރިބިއުޓް ކުރުމާ ހަވާލުވެފައިވަނީ އައިލެންޑް ސިނަމާއެވެ.

ޑައިރެކްޓަރު ހިލްމީއަކީ 1993 ވަނަ އަހަރުގެ މަޝްހޫރު ފިލްމު “އިހްސާސް” އާއި “ޗުއްޓީ” ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top