ބޮލީވުޑް ތަރި އަޖޭ ދޭވްގަން އޭނާގެ ކުރިއަށް އޮތް ފިލްމު “ގޯލްމާލް 5” ގެ ޝޫޓިންގެ ތެރެއިން ނެގި ވީޑިއޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށް ސަޕޯޓަރުން ފޯރީގައި ޖައްސައިފިއެވެ.
އުމުރުން 57 އަހަރުގެ އެކްޓަރު ހޯމަ ދުވަހު ހިއްސާކުރި ވީޑިއޯގައި ފިލްމުގެ މައިގަނޑު ކާސްޓް ފެނެއެވެ. އެ ޕޯސްޓުގައި ދޭވްގަން ލިޔެފައިވަނީ “މި ފަހަރު ސަވާރީ ބޮޑު، އެންޓަޓެއިންމަންޓް އެއަށްވުރެ ވެސް ބޮޑުވާނެ. ގޯލްމާލް 5 – އޫޓީ ޝެޑިއުލް ވިތު ދަ ބޯއިޒް” ކަމަށެވެ. ހަމައެއާއެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ވެސް ހަމަ އެ ވީޑިއޯ ހިއްސާކޮށް ލިޔެފައިވަނީ 2006 ވަނަ އަހަރު ފުރަތަމަ ފިލްމު ނެރުނީއްސުރެ “ޕޮޒިޓިވް ވައިބްސް” ގައި ދަތުރު ކުރަމުން އަންނަ ކަމަށެވެ.
މި ފިލްމުގެ ޝޫޓިން ފެށިކަން ރޯހިތް ޝެޓީ ރަސްމީކޮށް އިޢުލާނު ކުރީ 2026 ވަނަ އަހަރުގެ މާރިޗު 14 ގައި ޓީޒާއެއް ދޫކޮށްލައިގެންނެވެ. ގޯލްމާލް ފްރެންޗައިޒްގެ ފަސްވަނަ ބައި ކަމަށްވާ މި ފިލްމުގައި އަޖޭ ދޭވްގަން، އަރްޝަދް ވަރްސީ، ތުޝާރް ކަޕޫރް، ސަންޖޭ މިޝްރާ، އަދި މުކޭޝް ތިވާރީ ފެނިގެންދާނެއެވެ. މީގެ އިތުރުން މި ފިލްމުން އަލަށް އަކްޝޭ ކުމާރް ވެސް މި ފްރެންޗައިޒާ ގުޅޭނެއެވެ.
“ގޯލްމާލް 5” ރިލީޒް ކުރާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ހިސާބުގައެވެ.
View this post on Instagram
