ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރުން ދަވަންގެ “ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ” ޖޫން 5 ގައި ރިލީޒްކުރަނީ

ވަރުން ދަވަން ލީޑް ރޯލުން ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ ފިލްމު “ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ” 2026 ވަނަ އަހަރުގެ ޖޫން 5 ގައި ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ.

ޔާޝް ލީޑް ރޯލުން ފެނިގެންދާ ފިލްމު “ޓޯކްސިކް: އެ ފެއާރީޓޭލް ފޯ ގްރޯންއަޕްސް” ފަސްކުރުމާ ގުޅިގެން، ވަރުންގެ ފިލްމު މިހާރު ވަނީ އެ ފިލްމުގެ އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚު ކަމަށްވާ ޖޫން 5 އަށް އަލުން ބަދަލުކޮށްފައެވެ. ކުރިން “ޓޮކްސިކް” ޖޫން 4 ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތުމުން، ވަރުންގެ ފިލްމު ޖޫން 12 އަށް ފަސްކުރިއެވެ. އެއަށްފަހު މެއި 22 އަށް ވެސް ބަދަލުކުރިއެވެ. ނަމަވެސް “ޓޮކްސިކް” ސިނެމާކޯން ގައި ލިބުނު ބޮޑު ތަރުޙީބާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ރިލީޒްކުރުމަށް ފަސްކުރުމުން، ވަރުންގެ ފިލްމުގެ ޓީމުން އަސްލު ތާރީޚަށް ރުޖޫޢަވީއެވެ.

ސޯޝަލް މީޑިއާގައި މި ޚަބަރު ހިއްސާކުރަމުން ވަރުން ދަވަން ބުނީ “ޖޫން 5، 2026 ގައި ސިނަމާތަކުގައި. ޔާޝް އަދި މެޑޮކް ފިލްމްސް އަށް ޝުކުރު އަދާކުރަން، ކަލެންޑަރު ރީސެޓް ކުރުމުގައި އެހީތެރިވެ ދެއްވީތީ. މިއީ އައިޕީއެލް އަށް ފަހު ރިލީޒްވާ ފުރަތަމަ ފިލްމު” ކަމަށެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ލުކް ދާދި ފަހުން ދައްކާލާފައިވާއިރު، ފިލްމުގައި ދައްކައިދެނީ ޝައުގުވެރި “ޑަބަލް ޓްރަބަލް” ލަވް ސްޓޯރީއެކެވެ. ވަރުން ދަވަންގެ އިތުރުން ޕޫޖާ ހޭގްޅޭ އާއި މުރްނާލް ޓާކުރް ލީޑުންގެ ގޮތުގައި ފެނިގެންދާއިރު، މޯނީ ރޯއީ، ރޯހިތު ސަރާފް، ޖިމީ ޝޭރގިލް، ޗަންކީ ޕާންޑޭ، އަދި މަނީޝް ޕަލް ފަދަ ތަރިން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top