1995 ވަނަ އަހަރު ޑޭވިޑް ދަވަން އުފެއްދި ކޮމެޑީ ފިލްމު، “ކޫލީ ނަންބަރު 1″ގެ ރީމޭކްގެ ޓްރެއިލާ މިވަނީ ރިލީޒްކޮށްފައެވެ. މި ފިލްމުގެ ލީޑް ކުޅެފައިވަނީ ވަރޫން ދަވަން އާއި ސާރާ ޢަލީ ޚާން އެވެ. ކުރީ ފިލްމުގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރު ދެއްކި ޖާދޫ މިފަހަރު ވަރޫން ދަވަން އާއި ސާރާ ޢަލީ ޚާން ދެއްކި ޖާދޫ ދެއްކޭނެބާއޭ އުފެދުނު ސުވާލުގެ ޖަވާބު މިހާރު މިވަނީ ލިބިފައެވެ. ރިލީޒްކޮށްފައިވާ ޓްރެއިލާއިން އެކަނިވެސް އެކަން އެނގިގެން ހިނގައްޖެއެވެ.

ޓްރެއިލާ ފެށިގެންދަނީ ޕަރޭޝް ރާވަލް އޭނާގެ އަންހެން ދަރިފުޅު (ސާރާ ޢަލީ ޚާން) ކައިވެނިކުރުމަށް އިންޑިއާގެ އެންމެ މުއްސަނދި މީހާ ހޯދަން ބޭނުންވާކަމަށް ބުނެ އިޢުލާނުކުރާ ހިސާބުންނެވެ.

މި ފިލްމަކީ ވަރޫންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ 45 ވަނަ ފިލްމެވެ. މި ފިލްމު ރިލީޒްކުރަން ނިންމީ މި އަހަރު މެއި މަހުގައެވެ. ނަމަވެސް ކޮވިޑް-19 އާގުޅިގެން ސިނަމާތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އެމެޒޯން ޕްރައިމް އިން މި މަހު 25 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.