ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެމްކޯ ޗެމްޕިއަންކަން ހޯދައިފި 
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ޤައުމީ ވޮލީބޯޅަ މުބާރާތް 2026 އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބް ވެމްކޯ ހޯދައިފި އެވެ. ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކުލަބް ވެމްކޯ ޗެމްޕިއަންކަން ހޯދީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ރޭ ކުޅެވުނު ފައިނަލް މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެން ނެވެ. ރޭ ކުޅެވުނު މި ފައިނަލް މެޗުގައި ކުލަބް ވެމްކޯ އާއި ބައްދަލުކުރީ ޓީމު އެމްޓީސީސީ އެވެ.

މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ދަތުރުކޮށްފައިވާ ގޮތަށް ބަލައިލާއިރު، ކުލަބް ވެމްކޯއަކީ ލީގުގެ ޗެމްޕިއަން ކުލަބް ވެމްކޯ އާއި ލީގުގެ ރަނަރަޕް ޓީމު އެމްޓީސީސީ ބައްދަލުކުރި ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލްގެ ސީދާ ޖާގައެއް ހޯދި ޓީމެވެ. ޓީމް އެމްޓީސީސީ ފައިނަލްގެ ޖާގައެއް ހޯދި ސެމީ ފައިނަލްގެ އަނެއް މެޗުން މޮޅުވި ހުރާ ކޮމިއުނިޓީ އާއި ބައްދަލުކޮށް، ސެމީ ފައިނަލްގެ ތިންވަނަ މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްގެން ނެވެ.

ރޭގެ މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓް ކުރީކޮޅު އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނުލިބުނު ނަމަވެސް، ސެޓްގެ ފަހުކޮޅު ކުލަބް ވެމްކޯއިން ތަފާތު ދައްކައި ސެޓް ކާމިޔާބުކުރި އެވެ. މި ސެޓް އެ ޓީމު ކާމިޔާބުކުރީ 22-25 އިން ނެވެ. ފުރަތަމަ ސެޓްގައި ދެއްކި މޮޅު ކުޅުން ދެވަނަ ސެޓްގައި ޓީމް އެމްޓީސީސީއަށް ނުދެއްކުނެވެ. ގިނަ މިސްޓޭކްތަކެއް ޓީމު އެމްޓީސީސީގެ ފަރާތުން ފެނުނު މި ސެޓް ކުލަބް ވެމްކޯ ކާމިޔާބު ކުރިއިރު، ޓީމް އެމްޓީސީސީއަށް ހޯދުނީ 16 ޕޮއިންޓެވެ.

މިވެސް ކިޔާލަން:  ވެމްކޯ ފައިނަލަށް، ހުރާ ތިންވަނަ ސެމީއަށް

ތިންވަނަ ސެޓްގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކުރީ ދެ ސެޓުން ފެނުނު ގޯސްތައް ރަނގަޅުކޮށް މި ސެޓްގައި ޓީމް އެމްޓީސީސީއިން ވަނީ ތަފާތު ދައްކައިފަ އެވެ. ސެޓް ފެށިގޮތަށް ކަހަލަ ގޮތަކަށް ލީޑު ހޯދައި ސެޓްގެ ބޮޑުބައި ލީޑުގައި އޮވެ ކުޅުނު ޓީމް އެމްޓީސީސީ މި ސެޓް ކާމިޔާބުކުރީ 26-24 އިން ނެވެ. ހަތަރުވަނަ ސެޓްގައި އަނެއްކާ ވެސް މަންޒަރު ބަދަލުވި އެވެ. ޓީމުގެ އެމްޓީސީސީގެ މައްޗަށް ކުލަބް ވެމްކޯ ގަދަވެގަތީ ފަސޭހަކަމާއިއެކު އެވެ. ތަފާތު މޮޅު ކުޅުމެއް ތިންވަނަ ސެޓްގައި ދެއްކި ޓީމް އެމްޓީސީސީއަށް މި ސެޓްގައި މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. މި ސެޓް ކުލަބް ވެމްކޯ ކާމިޔާބުކުރީ 25-15 އިން ނެވެ.

ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ވެމްކޯގެ ކުތިކާ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ

މުބާރާތުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ ކުލަބް ވެމްކޯގެ ކުއްޓިކާ ކޮއެވްޕިން، ކުލަބް ވެމްކޯގެ ވަރަންޔާ ސްރިލައޫންގް، ޓީމު އެމްޓީސީސީގެ ޑާވިސް ޓޮމެ ފެރްނަންޑާ އެވެ. މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިންނަކީ ކުލަބް ވެމްކޯގެ ނަރީމާ އިދުރީސް، ކުލަބް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރް، ޓީމު އެމްޓީސީސީގެ މާޔާ ހުސައިން ސަލާހް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ޓީމް އެމްޓީސީސީގެ އާމިނަތު ފަރާހަތު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކުލަބް ވެމްކޯގެ ކޯޗު އަޙްމަދު އަދީލް އެވެ.

މިވެސް ކިޔާލަން:  ވެމްކޯ ފައިނަލަށް، ހުރާ ތިންވަނަ ސެމީއަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top