ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލްގެ އާ ފިލްމު “ބަންދަރް” ސިނަމާތަކުގައި ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ބަންދަރް” ގައި ބޮބީގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ސާނިޔާ މަލޯޓްރާ، ސަބާ އަޒާދު އަދި ސަޕްނާ ޕައްބީއެވެ. އަދި ރާޖް ބީ ޝެޓީ، ޖީތެންދުރަ ޖޯޝީ، އިންދުރަޖީތު ސުކުމަރަން، ރިދީ ސެން އަދި ނާގޭޝް ބޯސްލޭ ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ.
މިދިޔަ 2025 ވަނަ އަހަރު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކައި، ވަރަށް ފޮޒިޓިވް ފީޑްބެކެއް ލިބިފައިވާ މި ފިލްމު ކުރިން ސިނަމާތަކުގައި އަޅުވަން ނިންމާފައި އަންނަ މެއި މަހު 22 ގައެވެ. ނަމަވެސް ޑޭވިޑް ދަވަންގެ “ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ” އާއި ދަރްމާ ޕްރޮޑަކްޝަންސްގެ “ޗާންދު މޭރާ ދިލް” އާ އެއް ދުވަހެއްގައި ރިލީޒްކުރުމުން ވިޔަފާރިއަށް އަސަރު ކުރާނެތީ ފިލްމު ރިލީޒްކުރުން ވަނީ ލަސްކޮށްފައެވެ.
“ޕާތަލް ލޯކް”، “އުޅްތާ ޕަންޖާބް” އަދި “ކޮހްރާ” ފަދަ މޮޅު އުފެއްދުންތަކެއްގެ ސްކްރީންޕްލޭ ލިޔެފައިވާ އަބީޝެކް ބެނަރްޖީ އާއި ސުދީޕް ޝަރްމާގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ބަންދަރް” ޑައިރެކްޓްކުރީ އަނޫރާގް ކަޝްޔަޕްއެވެ. އޭނާއަކީ “ބްލެކް ފްރައިޑޭ” އަދި “ގޭންގްސް އޮފް ވަސޭޕުރް” ފަދަ ބޯލްޑް ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. ފިލްމު ޕްރޮޑިއުސްކުރީ ސެފްރޯން މެޖިކްވާރކްސްގެ ކުޑައިގެ ދަށުން ނިކިލް ދިވެޑީ އާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ.
މިހާރު ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހު 5 ގައެވެ.
