ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ލޯބި މަންމަގެ ދުޢާ ހާދަހާ ބޭނުމޭ – މަދަހަ އެއް

ރާގު: ޕިޔާރި މާ މުޖް ކޮ ތޭރީ ދުއާ ޗާހިޔޭ

ޅެން: އަޙްމަދު ރަޝީދު

 

ލޯބި މަންމަގެ ދުޢާ ހާދަހާ ބޭނުމޭ

ލޯބި ފިރުމުން ނިހާ އީ އެހާ ބޭނުމޭ

 

ލޯބި ނާނާގެ ރާގުން މަ ނިންދާ އުޅޭ

ލޯބި ހިނިތުންވުމާއެކު ފަތިހުވެސް ގޮވާ

ލޯބި ނޫނީ މި ނޫން ނޭދެމޭ ދުނިޔެއިން

ލޯބި މަންމަގެ ދުޢާ ހާދަހާ ބޭނުމޭ

 

ލޯބި މައިވަންތަކަމުގާ ފޮޅެން ބޭނުމޭ

ލޯބި އިނގިލީގަ ހިފަމުން އުޅެން ބޭނުމޭ

ލޯބި ދާވަނި ކުލުނު ވެރި އެހާ ބޭނުމޭ

ލޯބި މަންމަގެ ދުޢާ ހާދަހާ ބޭނުމޭ

 

ލޯބި ޚިދުމަތު ގެ އަގު ދުނިޔެއިން ލިބިދެނީ

ލޯބި ފައިތިލަ ދަށުން ޖަންނަތޭ ލިބިދެނީ

ލޯބި އުމުރަށް އެކީގާ ލިބެން ބޭނުމޭ

ލޯބި މަންމަގެ ދުޢާ ހާދަހާ ބޭނުމޭ

ލޯބި ފިރުމުން ނިހާއީ އެހާ ބޭނުމޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top