ރަމަޟާން މަހަކީ ހުރިހައި މުސްލިމުން އެ މައްސަރުގައި ރޯދަހިފަމުން އަންނަ މަތިވެރި މައްސަރެވެ. ކެއުމާއި ބުއިން، އަދި ހަށިގަނޑުގެ އެންމެހައި އެދުންތައް ވަކި ގޮތަކަށް ކޮންޓްރޯލް ކޮށްގެން ދުވަސްތައް ހޭދަކޮށްލާ މަތިވެރި މައްސަރެވެ. އެތައް ކަމަކާއި ދުރުހެލިވެގެން މުސްލިމުން އަދާކުރަމުން މިއަންނަ މާތްވެގެންވާ ފަރުޟު ރޯދައިގެ މައްސަރުގައި އެއްބަޔަކު އަނެއްބަޔަކާއި އެކުވެރިކަން އާލާވެއެވެ. އާއިލީ ގުޅުމާއި އިޖްތިމާޢީ ގުޅުން ބަދަހިވެއެވެ.
ދިވެހިންގެ އާދަކާދަތައް ހުންނަގޮތުން ރަމަޟާން މަސް ވެފައި މިވަނީ އަންހެން ކަނބަލުންނަށް ވަރަށް ބުރަ މަހަކަށެވެ. ބައެއް ހާލަތްތަކުގައި ފިރިހެންވެރިން އަރާމުކުމުރުގެ މައްސަރަކަށް މި މައްސަރު ވެފައިވެއޭ ވެސް ހީވާކަހަލައެވެ. ފެންނަމުންދާ ބައެއް މަންޒަރުތަކުންނެވެ. އެކަމާ އަޅައިނުލަމާ ހިނގާށެވެ. އަސްލު މަޢުޟޫ އާއިގެން އަވަސްވެގަންނަމާ ހިނގާށެވެ.
“ރަމަޟާން މަހު ޢާއިލާއާއެކު ގިނަވަގުތު ހޭދަކުރާނީ ކިހިނެތް؟” – ސުވާލަކީ މިއީ އެވެ. ތަންކޮޅެއް ކުރުކޮށް އަދި ފޮނިކޮށް ޖަވާބެއް ދޭނަމެވެ. މިއީ އަހަރެން ގެ ޚިޔާލެވެ. ކޮންމެހެން ތިބާމެންގެ ޚިޔާލު މިކަމާ އެއްގޮތްވާކަށް މަޖުބޫރެއް ނޫނެވެ.
– މަންމައަށް، އަނބިމީހާއަށް ނުވަތަ ތިމާގެ މީހުން ރޯދަވީއްލާ އެއްޗެހި ތައްޔާރުކުރުމާއި ހައުރަށް ކައްކާ ކެއްކުމުގައި އެހީތެރިވާށެވެ.
– ދީނީ ކަންކަމުގައި، އެކުގައި ވަގުތު ހޭދަކުރާށެވެ. މިސާލަކަށް އާއިލާ މެންބަރުން އެކީގައި ޤުރުއާން ކިޔެވުން، އެކުގައި މިސްކިތަށް ދިޔުން.
– އެހީއަށް ބޭނުންވެފައިވާ މީހުންނަށް ޞަދަޤާތް ކުރުމަށް އާއިލާ މެންބަރުން އެކުގައި ނިކުންނާށެވެ.
– ޓީވީ ޗެނަލްތަކުން ދައްކާ ދީނާއި ޚިލާފު ނޫން ޓީވީ ޕްރޮގްރާމްތައް ބެލުމުގައި އެކުގައި ވަގުތު ހޭދަކުރުން.
– އާއިލާ މެންބަރުންނަށް ރޯދަވީއްލުމަށް ދައުވަތު ދިނުން.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!