ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖަންނަތު” ފިލްމު ޕްރިމިއާ ނައިޓްގެ ޓިކެޓާއި ޑިނާއެއް ލިބޭ ގިވްއަވޭއެއް

“ޖަންނަތު” ފިލްމުގެ ޓީމުން ޕްރިމިއާ ނައިޓް ޓިކެޓާއި ޚާއްޞަ ޑިނާއެއް ލިބޭ ގިވްއަވޭއެއް އިޢުލާނުކޮށްފިއެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް “ޖަންނަތު” ޓީމުގެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝޭއާކޮށް، އެ ޑާކް ރެއިން އެންޓަޓެއިންމެންޓް ޓެގްކުރަންޖެހެއެވެ. މި ގިވްއަވޭ އިން ހޮވޭ ފަރާތަކަށް ޕްރިމިއާ ނައިޓް ޓިކެޓުގެ އިތުރުން ޖަންނަތު ޓީމާ އެކު ޚާއްޞަ ޑިނާއެއް ލިބޭނެއެވެ. އަދި އެ ފަރާތުން ބޭނުން މީހަކު ގޮވައިގެން ދެވޭނެއެވެ.

މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 މެއި 2026 އެވެ.

ޖަންނަތު” ފިލްމު އޮލިމްޕަސް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް 2026 ގައެވެ.

“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީއެވެ.

ފިލްމު “ޖަންނަތު” ޑައިރެކްޓްކުރަނީ ޑާކް ރެއިންގެ ހުނަރުވެރި ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި އަޙްމަދު ޠަލާލް (ޠޮލް)ގެ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ.

މިވެސް ކިޔާލަން:  ޑާކް ރެއިންގެ އައު ފިލްމުގެ ޝޫޓިން މާދަމާ ފަށަނީ
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top