މަޝްހޫރު ސްކްރީން ރައިޓަރ އަހުމަދު ޒަރީޒު ޑައިރެކްޓްކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ފިލްމު “ބީވީމާ“ގެ ޝޫޓިން ވ. ކެޔޮދޫގައި ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ. ފިލްމުގެ 60 އިންސައްތައަށް ވުރެން ބޮޑުބައިގެ ޝޫޓިން ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ރަށެއްގައި ނަގަން ޖެހޭ މުހިންމު މަންޒަރުތަކެއް ހުރުމުން “ބީވީމާ“ގެ ޓީމުން އެ މަންޒަރުތަކަށް ބޭނުންވާ ކާސްޓުންނާއި ކްރޫ، މިވަގުތު ހަރަކާތްތެރިވަމުންދަނީ ވ. ކެޔޮދޫގައެވެ.

ފިލްމު “ބީވީމާ“ގެ ޝޫޓިންގެ ބައެއް މަންޒަރުތައް ޑާކް ރެއިން އެންޓަޓެއިންމެންޓުން އާއްމުކުރަމުން އަންނައިރު ބޮޑަށް ފެނިގެންދަނީ އެ ފިލްމުގައި ހަރަކާތްތެރިވާ އާދަމް ޒިދާން (ނާނަ) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ މަންޒަރުތައްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތަކަށް، ޑާކް ރެއިންގެ ބައެއް އުފެއްދުންތަކުން ފެންނަ ފަދަ ކޮމެޑީ ސްޓައިލެއްގައި ޖަވާބުދާރީ ވެފައި ހުރިތަން ވެސް ފެނެއެވެ.

ފިލްމު ”ބީވީމާ”ގެ ލީޑްގައި ހަރަކާތްތެރިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އާއި މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލަކުން ލަވަކިޔުންތެރިންކަމަށްވާ އަމާން އާއި ޒަކިއްޓެ އަދި ކޮކީގެ ވެސް ކޮއްކޮ އާދަމް ޒިދާން (ނާނަ) އާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެނިގެންދާނެވެ.

ފިލްމު ”ބީވީމާ” ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ.

”ފިލްމު ”ބީވީމާ” އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފިލްމު “ބީވީމާ”ގައި ހަރަކާތްތެރިވާ ބައެއް ތަރިން ކެޔޮދޫގައި – ފޮޓޯ: ޑީއާރްއީ ސްޓޫޑިއޯ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.