އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު “މާމުއި” އަކީ ތަފާތު ކަންތައްތަކެއް ހިމެނޭ ފިލްމެއްކަން، މި ފިލްމު ޕްރޮމޯޓް ކުރުމަށް މީސްމީޑިޔާގައި ޢާއްމުކޮށްލާ ހަމަ ކޮންމެ ފޮޓޯއަކުން، ކޮންމެ އަދާހަމަ އަކުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މީގެ ދެދުވަސްކުރިން މިވަނީ އަނެއްކާވެސް މިފަދަ ތަފާތު ފޮޓޯއެއް ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) އާއްމުކޮށްފައެވެ.
“މާމުއި” ގައި ވަރަށް ތަފާތު ކެރެކްޓަރ އަކުން ފެނިގެންދާނެ، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އޭނާގެ ކެރެކްޓަރ ‘ހުދުމުޚްތާރު’ ގައި ފެނިގެން ދަނީ ވަރަށް ހައިބަވެތި ގޮތެއްގައެވެ. ޕްރައިވެޓް ޖެޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައިސް ފައިބައިގެން ގޮސް ބެންޒް ކާރަކަށް އަރާތަން ފެނިގެން ދިއުން މިއީ ދިވެހި ފިލްމަކުން މިފަދަ މަންޒަރެއް ފެނިގެންދާނެ ފުރަތަމަ ފަހަރުކަން ޔަޤީން ކުރެވެއެވެ.
‘ހުދުމުޚްތާރު’ ޕްރައިވެޓް ޖެޓްގައި އަންނަވަގުތު އޭނާގެ އިސްތިޤްބާލުގައި ވެސް ފިލްމުގެ އެކި ކެރެކްޓަރ ތައް އެއްވެފައި އޮންނަތަން ފެނުމުން ވެސް ޝާއްކޮ އައްމަޑޭގެ ކެރެކްޓަރގެ ހައިބަތުގެ ވަރުގަދަކަން ދައްކުވައިދެއެވެ.

ހުދުމުޚްތާރުގެ އިސްތިޤްބާލުގައި ފިލްމުގެ ކާސްޓުން
“މާމުއި” ގައި މިފަދަ އެތަކެއް ތަފާތު ކަންތައްތަކެއް ފެނިގެންދާއިރު، މިވަރުންވެސް އަދި ނިމުނީކީ ނޫނެވެ. ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހު މި ފިލްމުން ފެނިގެންދާ ކެރެކްޓަރގައި، ޕްރައިވެޓް ޔޮޓެއްގައި ރާއްޖެ އަންނަ މަންޒަރެއްވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މޮގާ ފާހަގަކުރެއެވެ.
ކޮންމެއަކަސް، “މާމުއި” ވެގެންދާނީ ވަރަށް ތަފާތު، ކޮމެޑީ ފިލްމަކަށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާހަގަކުރަމުން ދާއިރު، މިހާރު އިންތިޒާރު ކުރެވެމުން ދަނީ ފިލްމު ރިލީޒް ކުރާނެ ތާރީޚަށެވެ. 01 އޭޕްރީލް 2019 އަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!