މިއީ އެވޮކާޑޯގެ ކްރީމީ ރަހައާއި، ކުޅި ގިތެޔޮ މިރުސް މަސްދަޅުގެ ފުރިހަމަ ރަހައިގެ އިތުރުން، މަޑު ބިސްގަނޑަކާއި މެލްޓެޑް ޗީޒް ހިމެނޭހެން ތައްޔާރުކޮށްލެވޭ، ދިވެހި ރަހަތަކުން ފުރިގެންވާ މީރު ސޭންޑްވިޗެކެވެ.
ތައްޔާރު ކޮށްލެވޭނެ މިންވަރު: 6 ސޭންޑްވިޗް
ތައްޔާރުކުރުމަށް: 10 މިނެޓު
ފިހެލަން: 10–12 މިނެޓު
ޖުމްލަ ވަގުތު: ގާތްގަނޑަކަށް 20–25 މިނެޓު
ބޭނުންވާނެ ތަކެތި:
12 ފޮތި ޕާން (6 ސޭންޑްވިޗް ތައްޔާރުކުރުމަށް)
1 ދޮން އަވަކާޑޯ
1 މަސްދަޅު (ގިތެޔޮމިރުސް ރަހަ)
6 ބިސް
6 ފޮތި ޗީޒް
ސަބްމެރިން ސޯސް (ބޭނުން ކޮންމެ ވައްތަރެއް)
ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)
ބަޓަރު (ޕާން ފިހުމަށް)
ތައްޔާރުކުރާނެ ގޮތް:
1 – ފިލިންގް ތައްޔާރުކުރުން: ބޯތަށްޓެއްގައި އެވޮކާޑޯކޮޅު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ގިތެޔޮ މިރުސް މަސްދަޅު (ކުޑަ ތެޔޮފޮދަކާއެކު) އޭގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ. ދެން ލޮނާއި އަސޭމިރުސްކޮޅެއް ބޭނުންކޮށްގެން ރަހަ ހެޔޮވަރުކޮށްލާށެވެ.
2 – ބިސްގަނޑު ތައްޔާރުކުރުން: ބޯތަށްޓަކަށް ބިސްތައް އެޅުމަށްފަހު، ލޮނާއި އަސޭމިރުސްކޮޅެއް ލައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އާދައިގެ މަޑު ބިސްގަނޑުތަކެއް ތައްޔާރުކޮށްލާށެވެ.
3 – ޕާން ތައްޔާރުކުރުން: ކޮންމެ ޕާން ފޮއްޗެއްގެ އެއްފަރާތުގައި ސަބްމެރިން ސޯސް ހާކާލާށެވެ. އަދި އެއް ފޮތި ޕާނުގެ މަތީގައި ޗީޒް ފޮއްޗެއް ބާއްވާލާށެވެ.
4 – ސޭންޑްވިޗް އަތުރާލުން: ތައްޔާރުކުރި އެވޮކާޑޯ-މަސް މިކްސްޗަރު 6 ސޭންޑްވިޗަށް ބަހާލައިގެން ޕާން ފޮތިތަކުގެ މަތީގައި ފަތުރާލާށެވެ. އޭގެ މަތީގައި ބިސްގަނޑެއް ބޭއްވުމަށްފަހު، އަނެއް ޕާން ފޮތި އޭގެ މަތީގައި ބާއްވާށެވެ.
5 – ފިހެލުން: ޕާން ފޮތިތަކުގެ ބޭރުގައި ކުޑަ ބަޓަރުކޮޅެއް ހާކާލުމަށްފަހު، ތަވައެއްގެ މަތީގައި މެދު މިންވަރަކަށް ގިނި ބަހައްޓައިގެން ފިހެލާށެވެ. ޕާން ފޮތިތައް ރަން މުށިކުލަ އަރައި ކުޑަކޮށް މުުރަނަވުމުން، އެތެރޭގައި ހުރި ޗީޒް މެލްޓް ވަންދެން ފިހެލަންވާނެއެވެ.
