ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޚަތުރޯން ކޭ ކިލާޅީ 15: ރޯހިތު ޝެޓީ އާ ތީމަކާއެކު އެނބުރި އަންނަނީ

ބައިވެރިންނާއި، ޝޯ ދައްކާނެ ތާރީޚާއި ވަގުތުގެ ތަފްސީލް

“ޚަތުރޯން ކޭ ކިލާޅީ 15” ދައްކަން ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ސީޒަނުގައި ގޯރަވް ކަންނާ، ފަރްހާނާ ބަޓް، ޖޭސްމިން ބާސިން، ރޫބީނާ ދިލައިކް އަދި ކަރަން ވާހީ ފަދަ ކުރީގެ މަޝްހޫރު ތަރިންނާއި އާ މޫނުތަކެއް ފެނިގެންދާނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބެލުންތެރިން އިންތިޒާރު ކުރަމުން އައި، ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ސްޓަންޓުތަކެއް ހިމެނޭ ރިއަލިޓީ ޝޯ ކަމަށްވާ “ޚަތުރޯން ކޭ ކިލާޅީ”ގެ 15 ވަނަ ސީޒަން މިވަނީ ވަރުގަދަ އެނބުރި އައުމަކަށް ތައްޔާރުވެފައެވެ. ހޯސްޓް ރޯހިތު ޝެޓީ މިފަހަރުވެސް ތައްޔާރުވަނީ ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ބިރުވެރިކަމުގެ އާ ހަރުފަތްތަކެއް ދައްކާލުމަށެވެ. އާ ތީމަކާއި ތަރިންގެ ބޮޑު ލައިންއަޕަކާއެކު މި ޝޯއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ތިރީގައި އެވަނީއެވެ.

ޚަތުރޯން ކޭ ކިލާޅީ 15 އާ ބެހޭ މުހިންމު ތަފްސީލްތައް

ފާއިތުވި އަހަރުތަކުގައި “ޚަތުރޯން ކޭ ކިލާޅީ” ވަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ނަމާ ވަކިނުކުރެވޭ ވަރަށް ގުޅިފައެވެ. މިފަހަރުވެސް އޭނާ ހޯސްޓެއްގެ ގޮތުގައި ފެނިގެންދާއިރު، ބައިވެރިންގެ ކެތްތެރިކަމާއި ހިތްވަރު އެންމެ މަތީ ދަރަޖައަށް އިމްތިހާނު ކުރާނެއެވެ. ނުރައްކާތެރި ސްޓަންޓްތަކަށް މަޝްހޫރު ޝެޓީ ވަނީ، މި ފަހަރުގެ ސީޒަން ކުރިއަށްވުރެ ބޮޑުވެފައި، ފޯރިގަދަވާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ތީމް އަދި ފޯމެޓް

މި އަހަރުގެ ތީމަކީ “ޑަރް ކާ ނަޔާ ދޯރް” (ބިރުވެރިކަމުގެ އާ ދައުރެއް) އެވެ. މި ސީޒަނުގައި އާ ބައިވެރިންނާއި ކުރީގެ ތަޖުރިބާކާރު ބައިވެރިން އެކުގައި ފެނިގެންދާނެއެވެ. މިފަހަރުގެ ޝޯ ބައްޓަންކޮށްފައިވަނީ “ޗެލެންޖާސް ވާސަސް ޗެމްޕިއަންސް” ފޯމެޓަށެވެ. މީގެ މާނައަކީ ކުރީގެ ސީޒަންތަކުގައި ހިތްވަރު ދެއްކި ބައިވެރިން، މި ފަހަރުގެ އާ ބައިވެރިންނަށް ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތިކުރާނެ ކަމެވެ.

ޝޯގެ ބައިވެރިން

15 ވަނަ ސީޒަނުގައި ބައިވެރިވާ 12 ތަރިންގެ ތެރޭގައި “ބިގް ބޮސް” ކާމިޔާބުކުރި ފަރާތްތަކާއި، ސޯޝަލް މީޑިއާގެ ތަރިންގެ އިތުރުން ޓީވީގެ މަޝްހޫރު މޫނުތަކެއް ހިމެނިގެންދެއެވެ. ބިގް ބޮސް 19 އަދި ސެލެބްރިޓީ މާސްޓަރޝެފް ކާމިޔާބުކުރި ގޯރަވް ކަންނާ، ތިންވަނަ ރިއަލިޓީ ޝޯއެއް ކާމިޔާބު ކުރުމުގެ އަޒުމުގައި މި ޝޯގައި ބައިވެރިވާނެއެވެ. އޭނާއާއެކު ވާދަކުރި ބިގް ބޮސްގެ ބައިވެރިޔާ ކަމަށްވާ ފަރްހާނާ ބަޓް ވެސް ފެންނާނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަގުބޫލު “އޮރީ” ވެސް ޝެޓީގެ ބިރުވެރިކަމާ ކުރިމަތިލުމަށް ސައުތު އެފްރިކާއަށް ދިއުމަށް ވަނީ ތައްޔާރުވެފައެވެ.

މަޝްހޫރު ކޮމެޑީ ތަރި ހަރްޝް ގުޖްރާލް އޭނާގެ ހިތްވަރު ދައްކާލާއިރު، “ޔޭ ހޭ މޮހައްބަތޭން”ގެ ރޫހީގެ ރޯލުން ފެނިގެންދިޔަ ރޫހާނިކާ ދަވަން އާއި، ޝަގުން ޝަރުމާ އަދި އަވިނާޝް މިޝްރާ ވެސް ބައިވެރިންގެ ތެރޭގައި ހިމެނެއެވެ.

މި އާ ބައިވެރިންނާ ވާދަކުރާނެ ތަޖުރިބާކާރު ތަރިންނަކީ ރޫބީނާ ދިލައިކް، ކަރަން ވާހީ، ޖޭސްމިން ބާސިން، ރިތުވިކް ދަންޖާނީ އަދި ވިޝާލް އަދިތުޔާ ސިންގް އެވެ.

ބަލާނެ ގޮތާއި ވަގުތު

މި ޝޯގެ ޝޫޓިންގް ކުރިއަށްދާނީ ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ. ބެލުންތެރިން އެންމެ އިންތިޒާރުކުރާ މި ޝޯ ދައްކަން ފަށާނީ މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު “ކަލާޒް ޓީވީ” އިންނެވެ. އަދި އޮންލައިންކޮށް ޝޯ ބަލަން ބޭނުންވާ ފަރާތްތަކަށް “ޖިއޯ ހޮޓްސްޓާ” މެދުވެރިކޮށް ޝޯ ބަލާލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top