ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަސްލީ އުފާ” : ލޯޯބިން ފުރިގެންވާ ލަވައެއް
ފޮޓޯ: ދަ ރޮބޯމޭން އިންސްޓަގްރާމް

ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހަށް ޚާއްސަކޮށް ރޮބޯމޭންގެ ފަރާތުން އުފައްދާފައިވާ ލަވަ “އަސްލީ އުފާ” ރިލީޒްކޮށްފިއެވެ.

މިއަދު ދަ ރޮބޯމޭންގެ މީސްމީޑިއާ މަންސަތަކުގައި ރިލީޒްކުރި މި ލަވައަކީ އިއްޒާ އަޙްމަދު ނިޒާރުގެ ޅެމަކަށް ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ކިޔައިދީފައިވާ ލަވައެކެވެ. ލޯބިން ފުރިގެންވާ މި ހިތްގައިމު ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ ފަޗޫއެވެ.

ދަރިންގެ އުފަލަށްޓަކައި މަންމަ ކުރާ އުންމީދުތަކާއި ދަރިންނަށްޓަކައި މަންމަގެ ހިތުގައިވާ ލޯބި ވަރަށް ފުރިހަމައަށް ކިޔައިދޭ މި ލަވައިގައި ފެނިގެންދާ ތަރިންނަކީ ޢާއިޝަތު ފަރާ، ޒޯހާ ބިންތި އަޙްމަދު ރާއިޒް، ޒިވިއާ ބިންތި އަޙްމަދު ރާއިޒް، ޒޫކް އަޙްމަދު ރާއިޒް އަދި ރޮބޯމޭންއެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ފެނިގެންދާ މި ލަވައިގައި މިރޯރސް ބައި ރައީފާގެ ހިތްގައިމު މޭކަޕްތަކެއް ފެނިގެންދެއެވެ. “އަސްލީ އުފާ” ގެ ހިތްގައިމު ސިނަމަޓޯގްރަފީ އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ލައިޓްސް އައުޓުން ކޮށްފައިވާއިރު، ލަވައިގެ ސްޓޯރީލައިން ތައްޔާރުކުރީ ކްރިއޭޓިވް ނެޓްވޯކުންނެވެ.

ލަވައިގެ ނިމުމުގައިވާ ޚާއްސަ، އަދި ލޯބިވެތި މެސެޖަކީވެސް ފާހަގަކޮށްލެވޭ މެސެޖެކެވެ. އެ މެސެޖުގައިވަނީ “ކުޑަކުއްޖަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ ކުއްޖަކީ ލޯބިލިބޭ ކުއްޖެއްކަމުގެ އިހުސާސް ކުރެވުމެވެ. އެ ކުދިން ދެކޭ ކޮންމެ ހުވަފެނަކާއި، މޫނުމަތިން ފެންނަ ކޮންމެ ހިނިތުންވުމަކީވެސް ނުހަނު އަގުހުރި ކަންކަމެވެ. ސަބަބަކީ، ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި ނުހަނު މުހިންމު ފަރާތަކަށް ވާތީއެވެ.”

އޫޔޫ ޕްލޭ ސެންޓަރާއި ޗިކިން މޯލްޑިވްސް ޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރިއިރު، މި ލަވައިގައި ހަރަކާތްތެރިވި ހުރިހާ ކުދިންގެ ބެލެނިވެރިންނާއި މި ލަވައަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޓީމުން ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top