ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “މިލްކިޔަތު” ފަށައިފި
ފޮޓޯ: ހަރްޕަލްޖިއޯ ޓީވީގެ އިންސްޓަގްރާމް

ޕާކިސްތާން ޑްރާމާ ސިލްސިލާ “މިލްކިޔަތު” ދައްކަން ފަށައިފިއެވެ.

“މިލްކިޔާތު” ގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މުހްސިން އައްބާސް ހައިދަރު އަދި ސާނިޔާ ޝަމްޝާދުއެވެ. މީގެ އިތުރުން ހާރޫން ޝާހިދު، މާޔާ ޚާން، ނޭހާ ޚާން، ހުމައިރާ ބާނޯ، ފާއިޒާ ގިލާނީ އަދި ކަމްރާމް ޖީލާނީ ފަދަ މަޝްހޫރު ތަރިން މި ސިލްސިލާގެ މުހިންމު ބައިތަކުން ފެނިގެންދާނެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ ލޯތްބާއި، އިތުބާރު އަދި ހިތްދަތި ކެހިވެރިކަމުގެ މައްޗަށެވެ. ވާހަކައިގެ މައިގަނޑު ހިނގަނީ ސޯހާގެ (ސާނިޔާ ޝަމްޝާދު) ދިރިއުޅުމުގެ ތެރެއިންނެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދަނީ، އޭނާ އަލަށް ލޯބިވި މީހާ، ޒަވިޔާރް (މުހްސިން އައްބާސް ހައިދަރު) އަކީ އޭނާގެ ބޭބެގެ މަރުގެ ފަހަތުގައި ހުރި މީހާކަން އެނގުމުންނެވެ. އަދި ބޮޑާކަމާއި، ދަހިވެތިކަމުގެ ސަބަބުން ގުޅުންތައް ހަލާކުވެގެންދާ ގޮތް މި ޑްރާމާއިން ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.

މި ޑްރާމާގެ ޑައިރެކްޓަރަކީ ޢަލީ އަކްބަރެވެ. އަދި ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އީރަމް ވަސީ އާއި ސާއިމާ ވަސީއެވެ. ޕްރޮޑިއުސްކުރީ ސެވެންތު ސްކައި އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީއެވެ.

ރޭގައި ޖިއޯ އެންޓަޓެއިންމެންޓް ޓީވީއިން ދައްކަން ފެށި “މިލްކިޔަތު” ގެ އެޕިސޯޑްތައް ކޮންމެ ދުވަހެއްގެ ރޭ 9:00 ގައި ދައްކާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޖިއޯ އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލްޖިއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top