ތައްޔާރުކުރަން ހޭދަވާ ވަގުތު:
20 މިނެޓު (+30 މިނެޓު މެރިނޭޓް ކުރަން)
ކައްކަން ހޭދަވާ ވަގުތު: 12–15 މިނެޓު
4 މީހުންނަށް
ބޭނުންވާ ތަކެތި:
ކުކުޅު ތައްޔާރުކުރުމަށް:
2 ބޮޑު ކުކުޅު މޭމަތި މަސް (ކޮށާފައި)
3 ސައިސަމުސާ ޒައިތޫނި ތެޔޮ
2 ސައިސަމުސާ ލުނބޯ ހުތް
3 ލޮނުމެދު (ގާނާފައި)
1 ސައިސަމުސާ ޕެޕްރިކާ
1 ސައިސަމުސާ އޮރެގާނޯ
½ ސައިސަމުސާ ދިރި
ރަހަލާވަރަށް ލޮނާއި އަސޭމިރުސް
1 ސައިސަމުސާ ތާޒާ ފާސްލީ (ކޮށާފައި)
ހަމަސް ތައްޔާރުކުރުމަށް:
1 ދަޅު (400 ގްރާމް) ސަނާ މުގު (ފެން ހިންދާފައި)
2 ސައިސަމުސާ ތަހީނީ
2 ސައިސަމުސާ ޒައިތޫނި ތެޔޮ
1 ސައިސަމުސާ ލުނބޯ ހުތް
1 ލޮނުމެދު
2–3 ސައިސަމުސާ ފެން (ބޭނުންވާ މިންވަރަށް)
ރަހަލާވަރަށް ލޮނު
ޕްލެޓަރ އަތުރަން ބޭނުންވާ ތަކެތި:
1 ޖޯޑު ޗެރީ ޓޮމާޓޯ
1 ކިއުކަމްބާ (ބުރުކޮށް ކޮށާފައި)
½ ޖޯޑު ކަލަމާޓާ އޮލިވްސް
¼ ޖޯޑު ފެޓާ ޗީޒް (ގާނާފައި)
ގާނިޝް ކުރުމަށް އިތުރު ޒައިތޫނި ތެލާއި ފާސްލީ
ތައްޔާރުކުރާނެ ގޮތް:
1- ކުކުޅު މެރިނޭޓް ކުރުން: ބޮޑު ބޯތައްޓެއްގައި ޒައިތޫނި ތެޔޮ، ލުނބޯ ހުތް، ލޮނުމެދު، ހަވާދުގެ ބާވަތްތައް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. މީގެ ތެރެއަށް ކުކުޅުކޮޅު އަޅައި ރަނގަޅަށް މޮޑެލުމަށްފަހު، މަތިޖަހާފައި މަދުވެގެން 30 މިނެޓު ވަންދެން ބަހައްޓާށެވެ.
2- ހަމަސް ތައްޔާރުކުރުން: މިކްސަރަކަށް ސަނާ މުގު، ތަހީނީ، ޒައިތޫނި ތެޔޮ، ލުނބޯ ހުތް، ލޮނުމެދު، ލޮނު އަދި ފެން އެޅުމަށްފަހު ހިމުންވަންދެން މުގުރާލާށެވެ. ބޭނުންވާ މިންވަރަށް ކްރީމް ގަނޑު އޮމާންކުރުމަށް ފެން ނުވަތަ ތެޔޮ އެޖަސްޓް ކުރެވިދާނެއެވެ.
3- ފިހާ ދަނގަޑަށް (އުލަށް) އަމުނާލުން ނޫނީ ބެންބޫ އިލޮށި: މެރިނޭޓް ކުރެވިފައިވާ ކުކުޅުތައް ދަނގަޑަށް /ބެންބޫ އިލޮށި( ސްކިއުއާޒް) އެއްވަރަކަށް އަމުނާލާށެވެ.
4- ކުކުޅު ކެއްކުން: ގްރިލްއެއްގައި ނުވަތަ ތަވައެއްގައި މެދު މިންވަރަކަށް ގިނި ބަހައްޓައިގެން، ކުކުޅުތަކުގެ ބޭރުފުށަށް މުށިކުލަ އަރައި ރަނގަޅަށް ރޯފިލަންދެން 10-15 މިނެޓު ކައްކާށެވެ.
5- ތަށި ތައްޔާރުކުރުން: ސާވްކުރާ ތަށީގައި ހަމަސްގަނޑު ފަތުރާލުމަށްފަހު، އޭގެ މައްޗަށް ކުޑަ ޒައިތޫނި ތެޔޮފޮދަކާއި ފެޓާ ޗީޒް އަދި ފާސްލީ ކޮޅެއް ބުރުވާލާށެވެ.
އަތުރާލުން: ހަމަސްގަނޑުގެ ވަށައިގެން ކިއުކަމްބާ، ޗެރީ ޓޮމާޓޯ، އޮލިވްސް އަދި ކައްކާފައިވާ ކުކުޅު ފަތިތައް އަތުރާލާށެވެ.
ސާވްކުރުން: މިއީ ހޫނުކޮށް ހުންނައިރު ޕިޓާ ބްރެޑް ނުވަތަ ރޮއްޓާއެކު ކާލަން ވަރަށް މީރުވާނެއެވެ.
ތަފާތު ރަހައެއް ބޭނުންނަމަ ކުކުޅުގެ ބަދަލުގައި ކަންބަޅި މަސް ނުވަތަ ޓޯފޫ ބޭނުންކުރެވިދާނެއެވެ.
ހަމަސްގަނޑު އިތުރަށް އޮމާންކޮށް ބޭނުންވާނަމަ، މުގުރުމުގެ ކުރިން މުގުގެ ތޮށި ނައްޓާލާށެވެ.
