ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިޓްޒް ލިރިކްސްގެ 6 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޚާއްޞަ ލަވައެއް ނެރެނީ

ދިވެހި ލަވަތަކުގެ މިއުޒިކާއި ޅެންވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލު “ރިޓްޒް ލިރިކްސް” އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި، މި މަހުގެ 20 ވަނަ ދުވަހު ހިތްގައިމު ލަވައެއް ނެރުމަށް ނިންމައިފިއެވެ.

މި މަހުގެ 20 ވާ ބުދަ ދުވަހަކީ ރިޓްޒް ލިރިކްސްގެ 6 ވަނަ އަހަރީ ދުވަހެވެ. މި ދުވަހާ ދިމާކޮށް ނެރުމަށް ހަމަޖެހިފައިވާ ލަވައަކީ ރިޓްޒް ލިރިކްސްގެ އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބިފައިވާ ލަވައެކެވެ.

މި ލަވައަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފަޒީލްގެ އާއިލާގެ ފަރާތުން ރިޓްޒް ލިރިކްސްގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިން ވަރަށް ޚާއްޞަ ހަދިޔާއެކެވެ. ރިޓްޒް ލިރިކްސް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ލަވައަކީ އަހަރީ ދުވަހުގެ އުފަލުގައި އެ ފަރާތުގެ ފޭނުންނަށް ގެނެސްދޭ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

“ލޯބީގަ ކުރާ ޝަކުވާއޭ” މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ އާމިނަތު ރިޒްނީ (ރިޒް) އެވެ.

ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ރިޓްޒް ލިރިކްސް އިން ވަނީ ދިވެހި މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ބްރޭންޑެއްގެ ގޮތުގައި ލިރިކްސް ހެދުމަށް މަޝްހޫރުކަން ހޯދާފައިވާ ރިޓްޒް ލިރިކްސްގެ އަހަރީ ދުވަހު އައު ލަވައެއް ނެރުމަކީ އެތަނުން އާދަވެ ކުރަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top