ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮސްޓްރޭލިއާގައި ޑިފްތީރިއާ ފެތުރެމުންދާތީ ސިއްހީ މާހިރުން އިންޒާރު ނެރެފި

އޮސްޓްރޭލިއާގައި މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި “ޑިފްތީރިއާ” ބަލީގެ ބާވަތެއް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ގައުމުގެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށް އިންޒާރު ނެރެފިއެވެ.

ސިއްހީ މާހިރުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަލި ފެތުރެން ފަށާފައިވަނީ އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުން ފެނުނު ޑިފްތީރިއާގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އައުޓްބްރޭކް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ޑިފްތީރިއާއަކީ ކަރުތެރެއާއި ނޭވާލާ ނިޒާމަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މާހިރުން ބުނާ ގޮތުގައި މި ފަހަރު ފެނިގެން އުޅޭ ވޭރިއަންޓަކީ މީގެ ކުރިން ފެނުނު ބާވަތްތަކަށްވުރެ ބާރަށް ފެތުރޭ އަދި އޭގެ ނުރައްކާ ބޮޑު ވޭރިއަންޓެކެވެ. މި ބަލި ފެތުރެން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު ދަށްވުމެވެ.

ސިއްހީ މާހިރުން ވަނީ އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ދަނީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top