ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހޭވައްލާގެ “ގޮއްޔެ” އަކީ ވާޝިޔާކަން ހާމަކޮށްފި: “ގެސް ކުރެވުނީ ރަނގަޅަށްތަ؟”

ދިވެހި ސަގާފީ ސިފަތަކާއެކު އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ “ގޮއްޔެ”ގެ ސިއްރު، ކްރިއޭޓިވް ނެޓްވޯކް ޕްރޮޑަކްޝަނުން އަންގާރަ ދުވަހުގެ ރޭ ރަސްމީކޮށް ހާމަކޮށްފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ކެރެކްޓަރގެ ފަހަތުގައި ހުރީ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރ އަދި އެކްޓްރެސް ވާޝިޔާކަން މިވަނީ އެނގިގެން ގޮސްފައެވެ.

ކްރިއޭޓިވް ނެޓްވޯކުން ސޯޝަލް މީޑިއާގައި އާންމުކުރި ޚާއްޞަ ވީޑިއޯއެއްގައި، ދިވެހި ކަސަބު ލިބާހުގައި ހުރި “ގޮއްޔެ” އޭނާގެ މޫނު ފަރުދާގެ ފަހަތުން ހާމަކުރާ މަންޒަރު ފެނިގެންދެއެވެ. މި ހާމަކުރުމާއެކު، ހޭވައްލާ ބޮޑުބެރު ގްރޫޕުންވެސް ވަނީ މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށްފައެވެ. އެ ގްރޫޕުގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ، “މިއޮތީ ގޮއްޔެ ދައްކާލާފަ! ގެސް ކުރެވުނީ ރަނގަޅަށްތަ؟” މިހެންނެވެ.

“ގޮއްޔެ” އަކީ ދިވެހިވަންތަކަމާއި، އަމިއްލަ ސަގާފަތުގެ ރީތިކަން ޒަމާނީ ފެންވަރެއްގައި ދައްކުވައިދިނުމަށް ކްރިއޭޓިވް ނެޓްވޯކްގެ ޕްރޮޑަކްޝަން ޓީމުން ފަރުމާކޮށްފައިވާ އީޖާދީ މަސައްކަތެކެވެ. ވާޝިޔާ ފަދަ ހުނަރުވެރި ފަންނާނަކު މި ކެރެކްޓަރއަށް ހޮވުމަކީ، ދިވެހި އުފެއްދުންތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަށް އެ ޓީމުން ގެންގުޅުނު އުކުޅެކެވެ.

މި ވީޑިއޯ އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހޭވައްލާގެ މި ހިތްގައިމު ލަވައަށާއި ކްރިއޭޓިވް ނެޓްވޯކްގެ ޕްރޮޑަކްޝަން ފެންވަރަށާއި، ވާޝިޔާގެ ހުނަރަށް ތައުރީފު ކުރަމުންނެވެ. މިއީ ދިވެހި ފަންނާނުންގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންގޮސްދޭނެ ފަދަ ފުރިހަމަ އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކްރިއޭޓިވް ނެޓްވޯކުން މަސައްކަތް ކުރަމުންދަނީ “ގޮއްޔެ” މެދުވެރިކޮށް ދިވެހި ސަގާފަތުގެ ރީތިކަން އައު ޖީލުތަކަށާއި ބޭރު ދުނިޔެއަށް ބަލައިގަނެވޭނެ ފަދަ ގޮތްތަކަށް ކުރިއަށް އޮތް ތަނުގައިވެސް ފޯރުކޮށްދިނުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top