ތައްޔާރުކުރުމަށް: 15 މިނެޓު
ކައްކަން: 25 މިނެޓު
4 މީހުންނަށް
ބޭނުންވާ ތަކެތި:
ކުކުޅު ތައްޔާރުކުރުމަށް:
500 ގްރާމް ކުކުޅު (ފޮތިކޮށްފައި)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ސައިސަމުސާ ލޮނުމެދު ޕައުޑަރު
½ ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އިޓަލިއަން ސީޒަނިންގް
ޕާސްތާ ކެއްކުމަށް:
350 ގްރާމް ޕެނޭ ޕާސްތާ
1 މޭޒުމަތީ ސަމުސާ ލޮނު (ފެން ކައްކާއިރު އެޅުމަށް)
ކްރީމީ ސޯސް ތައްޔާރުކުރުމަށް:
2 މޭޒުމަތީ ސަމުސާ ބަޓަރު
3 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
2 ތަށި ހެވީ ކްރީމް
1 ތަށި ޕާމީޒާން ޗީޒް (ގާނާފައި)
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކޮށާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ޕާސްތާ ކެއްކުން: އެންމެ ފުރަތަމަ ފެނަށް ލޮނުކޮޅެއް އެޅުމަށްފަހު، ފެންގަނޑު ކެކެން ފެށުމުން ޕާސްތާ ކައްކާށެވެ. (ގާތްގަނޑަކަށް 9-10 މިނެޓު). ޕާސްތާ ހުންނަންވާނީ މާބޮޑަށް މަޑުނުވެ، ކުޑަކޮށް ހަރުކޮށެވެ. ޕާސްތާ ފުރޭނުމުގެ ކުރިން ބައި ތަށި ޕާސްތާ ކެއްކި ފެން ނަގަން ހަނދާން ކުރާށެވެ.
2 – ކުކުޅުގައި ރަހަޖެއްސުން: ކުކުޅު ފޮތިތަކުގައި އޮލިވް އޮއިލް، ލޮނުމެދު ޕައުޑަރު، އިޓަލިއަން ސީޒަނިންގް، ލޮނު އަދި އަސޭމިރުސް އުނގުޅާލާށެވެ.
3 – ކުކުޅު ފިހުން: ތަވައެއްގައި ކުކުޅު ފޮތިތައް ރަން މުށިކުލަ އަރަންދެން ދެފަރާތް ފިހެލާށެވެ. ކޮންމެ ފަރާތެއް ގާތްގަނޑަކަށް 4-5 މިނެޓު ފިހުމުން ރަނގަޅުވާނެއެވެ. ފިހެ ނިމުމުން، 5 މިނެޓު ވަރު ބެހެއްޓުމަށްފަހު ކުދިކޮށް ކޮށާލާށެވެ.
4 – ކްރީމީ ސޯސް ތައްޔާރުކުރުމަށް: މަޑު ގިނީގައި ބަޓަރުކޮޅު ވިރުވާލުމަށްފަހު، ލޮނުމެދު އަޅާފައި 30 ސިކުންތު ވަރު މީރުކޮށްލާށެވެ.
5 – ކްރީމް އަދި ޗީޒް އެއްކުރުން: ހެވީ ކްރީމް އެޅުމަށްފަހު 2-3 މިނެޓު ކައްކާށެވެ. ދެން މަޑުމަޑުން ޗީޒްކޮޅު އަޅައި، އޮމާންވަންދެން ގަށާލާށެވެ. ލޮނާއި އަސޭމިރުސްވެސް މިވަގުތު އެއްކޮށްލާށެވެ.
6 – ޕާސްތާ އެއްކުރުން: ކައްކާފައި ހުރި ޕާސްތާ ސޯސްގަނޑުގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ސޯސްގަނޑު މާ ބޮޑަށް އޮލަހެން ހީވާނަމަ، ކުރިން ނެގި ޕާސްތާ ކެއްކި ފެންފޮދު އޭގެ ތެރެއަށް އަޅާލާށެވެ.
7 – ސާވްކުރުން: ޕާސްތާ ތަަށްޓަކަށް އެޅުމަށްފަހު، އޭގެ މަތީގައި ކުރިން ފިހުނު ކުކުޅުކޮޅު އަތުރާލާށެވެ. އިތުރަށް ޗީޒް އަދި ޕާސްލީކޮޅެއް ބުރުއްސާލައިގެން ހޫނުކޮށް ސާވްކުރާށެވެ.
އިތުރު އިރުޝާދެއް:
● ކުރިން ގާނާފައި ހުންނަ ޗީޒަށްވުރެ ތާޒާކޮށް ގާނާ ޗީޒް ބޭނުންކުރުމުން މާ އޮމާންކޮށް ވިރޭނެއެވެ.
● އިތުރު ރަހައެއް ގެންނަން ބޭނުންނަމަ މަޝްރޫމް ވެސް އެޅިދާނެއެވެ.
● ބާކީވާ ޕާސްތާ 3 ދުވަސް ވަންދެން ފްރިޖުގައި ބެހެއްޓޭނެއެވެ.
