ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގުރާ ގެންގުޅުމަށް އައު އީޖާދެއް: ރިސޯޓަކުން ފެނުނު ނަމޫނާ ގޮތް
އެޓޯލްސްޓޯރީސް ކޮމް

ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކޮށްލުމަށް ކުރި ޒިޔާރަތެއްގައި، ގުރާ ގެންގުޅުމުގައި ގެންގުޅޭ ތަފާތު އަދި އެހާމެ ފަސޭހަ ގޮތެއް ފެނި، އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް އެ ރަށަށް ދިޔަ މީހަކު އެޓޯލްސްޓޯރީސް ގައި ކިޔައިދިން ގޮތުގައި، ރިސޯޓުގެ ރިސެޕްޝަނަށް ދިޔަ މަގުމަތީގައި ގަސްތަކުގެ ގޮފިތަކުގައި ގިނަ އަދަދަކަށް ކާށި ބަނދެފައި ހުރިތަން ފެނުނެވެ. ފުރަތަމަ އެއީ ކޮން އެއްޗެއްކަން ނޭނގުނު ނަމަވެސް، ކައިރިން ބަލާލުމުން އެއީ އެ ރަށުގައި އުޅޭ ގުރާތަކަށް ހަދާފައިވާ ހާލިތަކެއް ނުވަތަ “ގެތަކެއް” ކަން ވަނީ އެނގިފައެވެ.

އެ ރަށުގެ މުވައްޒަފަކާ ސުވާލުކޮށްލުމުން އެނގުނު ގޮތުގައި، އެ ރަށުގައި މިހާރު 1,000 އަށްވުރެ ގިނަ ގުރާ އުޅެއެވެ.

މި ގުރާތައް ގެންގުޅުމަށް އެ ރަށުގެ މީހުން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އެމީހުން މިކަން ކުރާ ގޮތަކީ، ކާށި ފަޅާލުމަށްފަހު އޭގެ އެތެރޭގައި ހުންނަ ކާށިގަނޑު ނަގައި، ދެފަޅި އެއްކޮށް ޓޭޕް އަޅައި ބައްދާލަނީއެވެ. އެއަށްފަހު ރޯނުފަށަކުން ގަސްތަކުގެ ގޮފިތަކުގައި އެ ކާށިތައް އައްސާފައި ހުރެއެވެ. މިއީ ގުރާތައް ނިދުމަށާއި ބިސް އެޅުމަށް ހަދާފައިވާ ހާލިތަކެކެވެ.

ގުރާތަކަށް ކާންދިނުމަށްޓަކައި އެ ރަށުގައި ވަނީ ހިޔާކޮށްފައިވާ ވަކި “މެސްރޫމެއް” ގާއިމުކޮށްފައެވެ. ގުރާތައް ބަނޑުހައިވުމުން އެ ތަނަށް ގޮސް ކައިބޮއި ހަދައެވެ.

މިއީ އާންމު ދިރިއުޅުމުގައި ވެސް ތަޖުރިބާކޮށްލެވިދާނެ ކަމެކެވެ. ޓެމޫ ފަދަ އޮންލައިން ސައިޓުތަކުން އޯޑަރުކޮށްގެން ދޫނި ބިސް އަޅާނެ ހާއްޔާއި، ނިދާނެ ކުދި ގެތައް ގެނެސް ގޭގައި ހުންނަ ގަސްތަކުގައި އެލުވާލާފައި ބަހައްޓާނަމަ، ދޫނިތަކުގެ އާބާދީ އިތުރުކުރެވިދާނެއެވެ.

މިފަދަ ކުޑަ މަސައްކަތެއް ކާމިޔާބު ކުރެވިއްޖެނަމަ، ރަށުގެ މާހައުލަށް ދިރުން ލިބި، ރަށު މީހުންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ. އެ ރަށުގައި އުޅޭ ގުރާތަކުގެ ހަރަކާތްތައް ފެންނަ ވީޑިއޯއެއް އެޓޯލްސްޓޯރީސްގެ މި ލިޔުމުގެ ކޮމެންޓް ސެކްޝަނުގައި ހިމަނާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top