މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދެނީ ބަޓަރ ޗިކަން ތައްޔާރުކޮށްލާނެ ދެ ގޮތެކެވެ. ރޯދަވީއްލާ ސުފުރާއަށް ބަޓަރ ޗިކަން ތައްޔާރުކޮށްލުން ކިހިނެތްވާނެ ހެއްޔެވެ؟
ބޭނުންވާނެ ތަކެތި:
– ކުކުޅު (ކޮށާފަހުރި)
– 4 ލޮނުމެދު
– ¼ ޖޯޑު ކަޖޫ ނަޓް
– ¼ ސައި ސަމުސާ މިރުސް
– ½ ސައި ސަމުސާ ހަވާދު
– 1 ސައި ސަމުސާ ފޮނި ތޮށި
– ¼ ސައި ސަމުސާ ކާފުރު ތޮޅި
– 1 ދަޅު ޓޮމާޓޯ
– 2 މޭޒުމަތީ ސަމުސާ ކުރީމް
– ½ ޖޯޑު ކާށި ކިރު
– 3 މޭޒުމަތީ ސަމުސާ ބަޓަރ
– 1 ބޮޑު ފިޔާ (ކޮށާފަ)
1- ތައްޔާރުކުރާނެ ގޮތް:
1- ފުރަތަމަ ފިޔާ އަދި ބަޓަރު ފިޔަވާ އެހެންް ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅާ މިކްސް ކޮށްލާ ށެވެ.
2- ކޮށާފަ ހުރި ކުކުޅުކޮޅު ތެރެއަށް މިކްސް ކުރި އެއްޗެހި އަޅާފާ މެރިނޭޑް ކުރަން އައިސްއަލަމާރިއަށް ލާށެވެ.
3- ދެން ބަޓަރު ތަވައަކަަށް އަޅާ ފިޔާކޮޅު މޯޅި ކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް މޯޅިވުމުން މެރިނޭޓް ކުރަންލީ ކުކުޅު ތަވައަށް އަޅާ މަޑުގިނީގައި ކައްކާލާށެވެ.
4- ކުކުޅުކޮޅު ރޯފިލުމުން ބަޓަރ ޗިކަން ތައްޔާރުކޮށް ނިމުނީ އެވެ.
2- ތައްޔާރުކުރާނެ ގޮތް:
ތައްޔާރު ކުރާނެ ގޮތް:
1- އަވަން 190 ޑިގްރީ އަށް ޕްރީ ހީޓު ކުރާށެވެ.
2- ތަވައަކަށް ބަޓަރު ކޮޅެއް އެޅުމަށްފަހު މަޑު ގިނީގައި ހޫނު ކުރާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފިޔާ އަދި ލޮނުމެދު އެޅުމަށް ފަހު، ފިޔާކޮޅު ރަތް ވަންދެން މީރު ކުރާށެވެ.
3- އެހެން ތަވައެއްގައި ބާކީ ހުރި ބަޓަރު ވިރުވުމަށް ފަހު ހެވީ ކުރީމް، ޓޮމާޓޯ ޕޭސްޓް، ލޮނު، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މަތި ޖަހައި، 30 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ކުރިން މީރު ކުރި ފިޔާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
4- ކުކުޅު ކޮޅުގައި ތެޔޮ ހޭކުމަށް ފަހު، ތަންދޫރީ މަސާލާ އުނގުޅާލާށެވެ. އެއަށްފަހު ފިހަން ބޭނުންކުރާ ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު އަވަނަށް ލައި ރޯ ފިލަންދެން ފިހެލާށެވެ.
5- ކުކުޅުތައް ފިހެވުމުން ކުރިން ތައްޔާރު ކުރި ސޯސް ގަނޑުގެ ތެރެއަށް ކުކުޅު ކޮޅު އެއްކޮށްލާށެވެ. ބަޓާ ޗިކަން ތައްޔާރުކޮށް ނިމުނީ އެވެ. ރޮށި ނުވަތަ ބަތާ އެކީގައި ބަޓަަރ ޗިކަން ވަރަށް މީރު ވާނެ އެވެ.
