ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދެކުނު ކޮރެއާގައި ދޮންކެޔޮ ވިއްކަނީ ވަރަށް ތަފާތުކޮށް
ފޮޓޯ: މރ. ހެލްތީ ފޭސްބުކް

ދެކުނު ކޮރެއާގައި ދޮންކެޔޮ ވިއްކަނީ އެ ކެޔޮތައް ދޮންވަމުންދާ މިންވަރަށް ބަލައި ތަރުތީބުކޮށްގެންނެވެ.

“ވަން އަ ޑޭ” މި ނަމުގައި ތައާރަފުކޮށްފައިވާ މި ޕެކެޓުތަކުގައި ހިމެނެނީ އެކި މިންވަރަށް ދޮންވެފައިވާ ކެޔޮވަކެވެ. މީގެ ތެރެއިން އެއްވަކަކީ މިއަދު ކެވޭނެ ވަރަށް ދޮންވެފައިވާ ވަކެކެވެ. އަނެއް ވަކަކީ މާދަމާއަށް ތައްޔާރުވާނެ ވަކެކެވެ. އަދި ބާކީ ހުރި ވަކްތައް ކުރިއަށް އޮތް ދުވަސްތަކަށް ބަހާލައިގެން ކެވޭނެހެން ވަނީ ތަރުތީބުކޮށްފައެވެ.

މި ޚިޔާލަށް އެކަނި ދިރިއުޅޭ މީހުންނާއި މަސައްކަތުގައި އަވަދިނެތި އުޅޭ މީހުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ސަބަބަކީ މިކަމުގެ ސަބަބުން ކާބޯތަކެތި އިސްރާފުވުން ކުޑަވެ، މުޅި ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައިގެން ފަސޭހަކަމާއެކު ކެޔޮ ކެވޭނެ މަގު ފަހިވެގެންދާތީއެވެ. މީގެ އިތުރުން، ބައެއް މީހުން ހަރުކޮށް ހުންނަ ފެހިކުލައިގެ ކެޔޮ ކާން ބޭނުންވާއިރު، އަނެއް ބަޔަކަށް ކަމުދަނީ މަޑު އަދި ފޮނި ކެޔޮވަކެވެ. އެހެންކަމުން މި ޕެކެޓުތަކަކީ އެކި މީހުންގެ ރަހަތަކަށް ވެސް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

އިންޓަނެޓުގައި ގިނަ ބަޔަކު މި ޚިޔާލަކީ ވަރަށް ބުއްދިވެރި މޮޅު ކަމެއްގެ ގޮތުގައި ސިފަކޮށް، އެހެން ޤައުމުތަކުން ވެސް މިކަން ނަކަލުކުރުމަށް ބުނެފައިވެއެވެ. ނަމަވެސް، މިކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނަނީ، ކެޔޮވަކަކީ ޤުދުރަތީ ގޮތުން ރައްކާތެރި ތޮށްޓެއް ލެވިފައިވާ އެއްޗަކަށް ވާއިރު، އިތުރަށް ޕްލާސްޓިކް ބޭނުންކޮށްގެން ޕެކެޓުކުރުމަކީ ތިމާވެށްޓަށް ގެއްލުން ހުރި، ބޭކާރު ކަމެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top