ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ގްލޭޒްޑް އަލަނާސި ޗިކަން ޒުކީނީއާއެކު – މުނިއަވަސް ރަަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކޮށްލުމަށް: 15 މިނެޓު
⏱️ ކައްކަން: 20 މިނެޓު
🍲 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 2 ކުކުޅު މޭމަތީ މަސް (ކަށި ނެތް)
🍳 1 ސައިސަމުސާ ޒައިތޫނި ތެޔޮ
🍳 1 ސައިސަމުސާ ސްމޯކްޑް ޕެޕްރިކާ
🍳 1 ސައިސަމުސާ ލޮނުމެދު ޕައުޑަރު
🍳 ½ ސައިސަމުސާ އަސޭމިރުސް
🍳 ރަހަލާވަރަށް ލޮނު
🍳 1 ޒުކީނީ (ފޮތިކޮށްފައި)
🍳 1 ރަތް ބެލް ޕެޕަރ (ކޮށާފައި)
🍳 1 ½ ޖޯޑު އަލަނާސި (ކޮށާފައި)
🍳 2 ސްޕްރިންގް އަނިއަން (ކޮށާފައި)

ގްލޭޒް ތައްޔާރުކުރުމަށް:

🍳 3 ސައިސަމުސާ ސޯޔާ ސޯސް
🍳 2 ސައިސަމުސާ މާމުއި
🍳 1 ސައިސަމުސާ އަލަނާސި ޖޫސް
🍳 1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
🍳 1 ސައިސަމުސާ ކޯން ފްލާ + 1 ސައިސަމުސާ ފެން (އެއްކޮށްލާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ކުކުޅު މަސްކޮޅުގައި ޕެޕްރިކާ، ލޮނުމެދު ޕައުޑަރު، ލޮނު އަދި އަސޭމިރުސް އުނގުޅާލާށެވެ.

2 – ތަވައެއްގައި ޒައިތޫނި ތެޔޮކޮޅު ހޫނުކުރުމަށްފަހު، މެދު މިންވަރެއްގެ ގިނީގައި ކުކުޅުކޮޅު ރަންކުލަ އަރަންދެން ދެފަރާތް ފިހެލާށެވެ. (ގާތްގަނޑަކަށް ކޮންމެ ފަރާތަކަށް 5 ނުވަތަ 6 މިނެޓު). ކުކުޅު ރަނގަޅަށް ރޯފިލުމުން ތަވައިން ނަގައި މަޑުކޮށްލަން ބާއްވާށެވެ.

3 – ހަމަ އެ ތަވައިގެ ތެރެއަށް ޒުކީނީ އާއި ބެލް ޕެޕަރ އަޅައި 4 ނުވަތަ 5 މިނެޓު ވަންދެން މީރުކޮށްލާށެވެ.

4 – ދެން އޭގެ ތެރެއަށް އަލަނާސިކޮޅު އަޅައި، އިތުރު 2 މިނެޓު ވަންދެން ކައްކާލާށެވެ.

5 – ވަކި ބޯތަށްޓެއްގައި ސޯޔާ ސޯސް، މާމުއި، އަލަނާސި ޖޫސް އަދި ލޮނުމެދު ރަނގަޅަށް އެއްކޮށްލުމަށްފަހު ތަވައިގެ ތެރެއަށް އޮއްސާލާށެވެ.

6 – ކުރިން ތައްޔާރުކުރި ކޯން ފްލާ މިކްސްޗަރު މީގެ ތެރެއަށް އަޅައި، ސޯސްގަނޑު އޮލަވަންދެން މަޑުގިނީގައި ކައްކާލާށެވެ.

7 – ކުކުޅުކޮޅު އަލުން ތަވައަށްލައި، ތައްޔާރުކުރި ގްލޭޒް ސޯސްގަނޑު ކުކުޅުގެ މައްޗަށް ރަނގަޅަށް ހޭކޭނޭހެން އެއްކޮށްލާށެވެ.

8 – އެންމެ ފަހުން މައްޗަށް ސްޕްރިންގް އަނިއަންކޮޅު އަޅާލުމަށްފަހު، ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top