ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
75 ބިލިއަން ޑޮލަރުގެ އައިޕީއޯ އަކާއެކު ސްޕޭސްއެކްސް އިން ތާރީޚީ ރެކޯޑަކަށް އަމާޒުކުރަނީ

އީލޮން މަސްކުގެ މަޝްހޫރު ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް (ސްޕޭސްއެކްސް) އިން އެކުންފުނީގެ ސެޓެލައިޓް އިންޓަނެޓް ވިޔަފާރި، ސްޓާލިންކް، ވަކި ކުންފުންޏެއްގެ ގޮތުގައި ހިއްސާގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މި އައިޕީއޯ (އިނީޝަލް ޕަބްލިކް އޮފަރިން) އަކީ ގާތްގަނޑަކަށް 75 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހުށައެޅުމަކަށް ވާނެ ކަމަށް ބެލެވެއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައިވެސް ހިއްސާގެ ބާޒާރަށް ނެރެވޭ އެންމެ ބޮޑު އެއް އައިޕީއޯއަށް ވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.

ސްޓާލިންކް ހިއްސާގެ ބާޒާރަށް ނެރުމުގެ މައިގަނޑު ބޭނުމަކީ، ސްޕޭސްއެކްސްގެ މައި ވިޔަފާރިއާ ސްޓާލިންކް ވަކިކޮށް، ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމެވެ. ސްޓާލިންކަކީ މިހާރުވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ބާރުމިނުގައި ކުރިއަރަމުން އަންނަ، އަދި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޚިދުމަތެކެވެ.

މި މަޝްރޫއަކީ ޓެކްނޮލޮޖީ ދާއިރާގެ އިންވެސްޓަރުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމެކެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސްޕޭސްއެކްސް އިން ހާމަކުރާނެ ކަމަށް ބެލެވެއެވެ. ސްޕޭސްއެކްސް އިން މިހާރު ދަނީ މި ބޮޑު އައިޕީއޯއަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top