2026/2027 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު ޖާގަ ލިބޭ ޓީމުތައް ކަނޑައެޅުމަށްޓަކައި ކުޅުމަށް ހަމަޖެހިފައިވާ ކޮލިފިކޭޝަން ބުރުގެ ކުޅުން މިމަހުގެ 8 ދުވަހު ފެށުމަށް ހަމަޖައްސައި ގުރުއަތުލުން ބާއްވައިފި އެވެ.
2025/2026 ވަނަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ އިތުރުން ހަތަރު ޓީމެއް، 2026/2027 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެއެވެ.
މި ހަތަރު ޖާގައަށް ވާދަކުރާނީ 2025/2026 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ 7 ވަނަ ހޯދި ޓީސީ އާއި 8 ވަނަ ހޯދި ގްރީން ސްޓްރީޓްސްގެ އިތުރުން މާލެ ރީޖަންގެ ޗެމްޕިއަން ބިސްބުރާއި ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އަދި ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާ ކޮމިއުނިޓީ އާއި ސައުތު ރީޖަންގެ ޗެމްޕިއަން ގއ. ގައްދޫ ރެކްރިއޭޝަން ކްލަބް އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު 2026/2027 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާއިރު ފުލަށް ދާ ދެ ޓީމު ޖެހޭނީ ރީޖަނަލް ލީގު މުބާރާތުގައި ވާދަކުރާށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 8 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ އާއި ކުލަބް ގްރީން ސްޓްރީޓްސް އެވެ. ދެވަނަ މެޗުގައި އެރޭ ބައްދަލުކުރާނީ ގައްދޫ ރެކްރިއޭޝަން ކުލަބް އާއި ދިއްދޫ އެވެ.
