ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސެންޓް ސީރީޒް: ޖީން ޕޯލް ގޯޓިއޭގެ “ލަ ބެލް”
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އަޅުގަނޑުގެ މި “ސެންޓް ސީރީޒް” ނުވަތަ ވަސްތަކާ ބެހޭ ސިލްސިލާގެ ރިޕޯޓުތައް ތިޔަބޭފުޅުންނަށް ކަމުދާނެކަމަށް ކަމަށް އުންމީދު ކުރަމެވެ. މިއީ ކޮންމެ ސެންޓަކީވެސް އިޙުސާސެއް، ހަނދާނެއް އަދި އަމިއްލަވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި ތަޖުރިބާކޮށްލުމަށް ގެނެސްދޭ ސިލްސިލާއެކެވެ. މިފަހަރު އަޅުގަނޑު މި ބަލާލަނީ ވަރަށް ކެރޭ، ކުލަގަދަ އަދި އާދަޔާ ޚިލާފަށް ފޮނި ވަހެއް އެކުލެވޭ ސެންޓަކަށެވެ.

މިއީ ޖީން ޕޯލް ގޯޓިއޭގެ “ލަ ބެލް” އެވެ. މިއީ އަންހެނުންނަށް ޚާއްސަކޮށް އުފައްދާފައިވާ، ހިތްތަކާ ކުޅެލާފަދަ “އެމްބާ ވެނީލާ” ވަހެއް އެކުލެވޭ ސެންޓެކެވެ. 2019 ވަނަ އަހަރު ބާޒާރަށް ނެރުނު މި ސެންޓަކީ މަޝްހޫރު ސެންޓު އުފެއްދުންތެރިން ކަމަށްވާ ކުއެންޓިން ބިޝް އަދި ސޯނިއާ ކޮންސްޓަންޓްގެ އުފެއްދުމެކެވެ.

މި ސެންޓު ޚާއްސަވަނީ ކީއްވެ؟

ފޮނި، ދެވިހިފާފަދަ، އަދި ވަރުގަދަ ޝަޚުސިއްޔަތެއް

“ލަ ބެލް” އަކީ މަޑުމައިތިރި ވަހެއް ނޫނެވެ. މީގެން ކުރެވޭ އިޙުސާސްތަކަކީ:

• ފޮަނި ސިރަޕެއްގެ ތެރެއަށް ގަންބާލާފައިވާ ދޮން ފޭރުގެ މީރުވަސް.

• ހޫނު ހަށިގަނޑެއްގެ ތެރެއަށް ވިރިގެންދާ ފޮނި ވެނީލާގެ އަސަރު.

މިއީ ފޮނި ކާނާއެއްގެ ރަހަ އިޙުސާސްކޮށްދޭ (ގޯރމަންޑް) ބާވަތުގެ ސެންޓެކެވެ. މިއީ މުއްސަނދި، ހިތްގައިމު އަދި ފުރިހަމަ އަންހެންވަންތަކަން ރަމްޒުކޮށްދޭ ވަހެކެވެ.

އެކުލެވޭ މާއްދާތައް: ސާދާ ނަމަވެސް ބާރުގަދަ
އެންމެ މަތީ ވަސް (ޓޮޕް): ޕެއަރ
މެދު ވަސް (ހާރޓް): ވެޓިވާ
އަސާސީ ވަސް (ބޭސް): ވެނީލާ

މީގައި އެކުލެވޭ މާއްދާތައް މަދު ނަމަވެސް، މީގެ މަސްހުނިކަމުން އުފައްދާ އަސަރު ވަރަށް ބާރުގަދައެވެ. ފޭރުގެ ފޮނިކަމާއި ވެނީލާގެ ހޫނުކަން އެކުވެފައިވާއިރު، ވެޓިވާގެ ސަބަބުން މި ވަހަށް ފުން އަދި ހަމަޖެހޭ ޤުދުރަތީ އަސަރެއް ލިބިދެއެވެ.

ވަސް ފެތުރޭ މިންވަރާއި ދެމިހުންނަ ވަގުތު:

8 އިން 12 ގަޑިއިރާ ދެމެދު.

މިއީ އަމިއްލަވަންތަކަން ހާމަކޮށްދޭ ސެންޓެކެވެ. މީގެ ވަސް ދުރު ހިސާބުތަކަށް ފެތުރިގެންދާއިރު، ތިބާ އެ ތަނަކުން ދިއުމަށްފަހުވެސް އެ ވަސް ގިނަ ވަގުތުތަކަކަށް އެ ތަނުގައި ހަރުލާފައި ހުންނާނެއެވެ.

މި ސެންޓު ކަމުދާނީ ކޮންބަޔަކަށް؟

• ފޮނި (ގޯރމަންޑް) ވަސްތަކަށް ލޯބިކުރާ މީހުންނަށް.
• އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ބާރުގަދަ ވަސްތަކަށް ފޯރި ހުންނަ މީހުންނަށް.
• ހަވީރުގެ ވަގުތުތަކަށް ނުވަތަ ޚާއްސަ މުނާސަބަތުތަކަށް ސެންޓެއް ހޯދާ މީހުންނަށް.

ބޭނުންކުރުމަށް އިރުޝާދެއް:

• މި ވަސް ކުޑަކޮށް މަޑުކޮށްލަން ބޭނުންނަމަ، “މަސްކް” ވަސް އެކުލެވޭ ލޯޝަނެއް ނުވަތަ ސެންޓަކާ އެކު ބޭނުންކުރާށެވެ.
• އިތުރަށް ރޮމޭންޓިކް ކުރަން ބޭނުންނަމަ، މާވަސް އެކުލެވޭ ސެންޓަކާއެކު ބޭނުންކުރާށެވެ.
• ފޮނިކަން އިތުރުކުރަން ބޭނުންނަމަ، ކެރަމަލް ނުވަތަ ވެނީލާ ބޮޑީ މިސްޓަކާއެކު ބޭނުންކުރާށެވެ.

2019 ވަނަ އަހަރު ނެރުނު ފަހުން، ޖީން ޕޯލް ގޯޓިއޭގެ “ލަ ބެލް” އަކީ ފޮނި ވަސްތަކުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ، މުއްސަނދި އަދި އެހާމެ މަޤުބޫލު ސެންޓެކެވެ. މިއީ ހަމައެކަނި ސެންޓެއް ނޫނެވެ. މިއީ ތިބާ ކޮޓަރިން ނުކުމެގެން ދިއުމަށްފަހުވެސް، ތިބާގެ ހަނދާންތައް އާކޮށްދޭނެ ފޮނި “ސިގްނޭޗާ” އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top