ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލީ ފަޒަލްގެ “ރާކް” ޕްރައިމް ވީޑިއޯއަށް
ފޮޓޯ: ޕްރައިމް ވީޑިއޯ އިންޑިއާ އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަލީ ފަޒަލް އާއި ސޮނާލީ ބެންޑްރޭ މުހިންމު ރޯލުތަކުން ފެނިގެންދާ އިންވެސްޓިގޭޓިވް ތުރިލާ ސީރީޒް “ރާކް” މި ހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ރިލީޒްކުރުމަށް ނިންމައިފިއެވެ.

ހިންދީ ބަހުން ތައްޔާރުކޮށްފައިވާ މި ސީރީޒްގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ގެއްލިގެން އުޅޭ ފުރާވަރުގެ ދެ ކުދިން ހޯދުމަށް އިންވެސްޓިގޭޓިވް އޮފިސަރަކު ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ހާދިސާގެ ސަބަބުން އެ ކުދިންގެ އާއިލާ ރޫޅި، މުޅި ސިޓީއަށް ބިރުވެރިކަން ފެތުރިގެންދެއެވެ. މައްސަލައިގެ ފުންމިނަށް އޮފިސަރު ދާއިރު، އޭނާއަށް ކުރިމަތިލާން ޖެހެނީ އަނިޔާވެރިކަމާއި އިންސާނީ ކަރާމާތް ގެއްލިފައިވާ ނުރައްކާތެރި ދުނިޔެއަކާއެވެ.

“ޕާތާލް ލޯކް” ފަދަ ކާމިޔާބު އުފެއްދުންތަކުގެ ޑައިރެކްޓަރު ޕްރޮސިތު ރޯއީ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގައި އަލީ ފަޒަލް އާއި ސޮނާލީ ބެންޑްރޭގެ އިތުރުން އާމިރު ބަޝީރު ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. މި ސީރީޒް އުފައްދާފައިވަނީ އެންޑެމޯލް ޝައިން އިންޑިއާ އާއި ބީ.އެޗް.ޑީ.ޕީ.އޭ ގުޅިގެންނެވެ.

ޕްރައިމް ވީޑިއޯ އިންޑިއާގެ އޮރިޖިނަލްސްގެ ހެޑް ނިކިލް މަދޯކް ވިދާޅުވީ، އަލީ ފަޒަލް މި ސީރީޒްގައި ދައްކުވައިދީފައިވަނީ ވަރަށް ވަރުގަދަ އަދި އިޙުސާސްތަކުން ފުރިގެންވާ އެކްޓިންއެއް ކަމަށެވެ. އަދި ސޮނާލީ އާއި އާމިރުގެ ފެނިލުންތަކުން މި ސީރީޒްގެ ފެންވަރު އިތުރަށް މަތިވެގެން ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑައިރެކްޓަރު ޕްރޮސިތު ރޯއީ ބުނި ގޮތުގައި، “ރާކް” އަކީ ހަމައެކަނި ކްރައިމް ތުރިލާއެއް ނޫނެވެ. މިއީ އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމާއި، ކުރިމަތިވާ ހިތްދަތި ހާދިސާތަކުގެ ސަބަބުން އިންސާނުންގެ އަމަލުތަކަށް އަންނަ ބަދަލުތައް ވަރަށް ފުންކޮށް ދައްކުވައިދޭނެ އުފެއްދުމެކެވެ.

މި ސީރީޒްގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އަނޫޝާ ނަންދަކުމާރު އަދި ސަންދީޕް ސާކެތުއެވެ. މި ސީރީޒް ވެގެންދާނީ މި އަހަރު ޕްރައިމް ވީޑިއޯއިން ބެލުންތެރިންނަށް ގެނެސްދޭނެ އެންމެ އުންމީދީ އެއް އުފެއްދުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top