ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބޫތު ބަންގްލާ” ނެޓްފްލިކްސްއަށް
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި ކާމިޔާބު ޑައިރެކްޓަރު ޕްރިޔަދަރްޝަން ގާތްގަނޑަކަށް 15 އަހަރުގެ މެދުކެނޑުމަކަށްފަހު އެކުގައި މަސައްކަތްކުރި ފިލްމު “ބޫތު ބަންގްލާ” އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފިއެވެ.

މި ފިލްމުގެ ޑިޖިޓަލް ސްޓްރީމިންގ ރައިޓްސް ނެޓްފްލިކްސްއިން ހޯދާފައިވާއިރު، ފިލްމު ސްޓްރީމްކުރަން ފަށާނީ 12 ޖޫން 2026 ގައެވެ. މި ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ 17 އެޕްރީލް 2026 ގައެވެ.

“ބޫތު ބަންގްލާ” އަކީ ބިރުވެރި އަދި އެހާމެ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ސުޕަރނެޗުރަލް ކޮމެޑީ” އެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ލަންޑަންގައި ދިރިއުޅޭ އަރުޖުންގެ މައްޗަށެވެ. އަރުޖުންގެ މަންމަ ނިޔާވުމާ ގުޅިގެން، އިންޑިއާގެ “މަންގަލްޕޫރު” ކިޔާ އަވަށެއްގައި ހުންނަ ކާބަފައިންގެ ބޮޑު ގަނޑުވަރެއް އޭނާއަށް ވާރުތަވެއެވެ.

އެ ގަނޑުވަރުގައި އާއިލީ ކައިވެނީގެ ހަފުލާއެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް، އެ އަވަށުގައި ޒަމާނުއްސުރެ ދެކެވެމުން އަންނަ “ވަދޫސޫރު” ކިޔާ ނާމާން ރޫޙެއްގެ ބިރުވެރިކަން އާއިލާއަށް ކުރިމަތިވެއެވެ. މި ރޫޙަކީ އަލަށް ކައިވެނިކުރާ ކުދިންނަށް އަމާޒުކުރާ ރޫޙެއް ކަމަށް އަވަށު މީހުން ޤަބޫލުކުރެއެވެ. ފިލްމުގެ ވާހަކަ ކުރިއަށްދަނީ މިކަމާ ގުޅިގެން ހިނގާ މަޖާ އަދި ބިރުވެރި ހާދިސާތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން އަކްޝޭ ކުމާރުގެ އިތުރުން ތައްބޫ، ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް އަދި ޖިޝޫ ސެންގުޕްތާ ފެނިގެންދާނެއެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަކްޝޭ ކުމާރުގެ އިތުރުން އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރެވެ.

އަކްޝޭ ކުމާރާއި ޕްރިޔަދަރްޝަން އަކީ މީގެ ކުރިން “ހީރާ ފޭރީ” އަދި “ބޫލް ބުލައްޔާ” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޖޯޑެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top