ފުޓްސަލްގެ އެންމެ ގިނަ މުބާރާތް ރާއްޖޭގައި ބާއްވާ ކުލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު މުބާރާތެއްގެ ގުރޫޕް ބެހުން ރޭގައި ބާއްވައިފިއެވެ.
ހަތް މުބާރާތެއް މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ކުލަބް މޯލްޑިވްސްގެ ކިންގްސް ކަޕް މިހާރު ފައިނަލް މެޗާއި ހަމައަށް ގޮސްފައިވާއިރު، ކިޑްސަލް މުބާރާތުގެ އަށް މެޗު ކުޅެފިއެވެ.
ރޭގައި ގުރޫޕް ބަހާފައިވަނީ ކުލަބް މޯލްޑިވްސްގެ އެންމެ މަޤުބޫލު މުބާރާތް “ކުލަބް މޯލްޑިވްސް ކަޕް” އާއި “އެއިޓީން ތާރޓީ ކްލެސިކް” އަދި “ސެކްޓާރ ލީގު” އާއި “ކްލެސިކް” އެވެ.
ކުލަބް މޯލްޑިވްސް ކަޕް މިއަހަރުގެ މުބާރާތުގައި ސަތާރަ ޓީމު ވާދަކުރާނެއެވެ. މި ސަތާރަ ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިފައެވެ. ގުރޫޕް އޭ އާއި ބީ އަދި ސީގައި، ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނު ނަމަވެސް ގުރޫޕް ޑީގައި ފަސް ޓީމު ހިމެނެއެވެ.

ޓީމުތައް ގުރޫޕްތަކަށް ބެހިފައިވާ ގޮތަށް ބަލާއިލާއިރު ގުރޫފް އޭގައި ހިމެނެނީ އެމްޕީއެލް އާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބް އަދި ކުލަބް ޓީޓީއެސް އާއި ޕޮލިސް ކުލަބެވެ. ގުރޫޕް ބީގައި ހިމެނެނީ ޓީމް އެމްއޭސީއެލް އާއި ފެނަކަ ރެކްރިއޭޝަން ކުލަބް އަދި ޔުނައިޓެޑް ބީއެމްއެލް އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ގުރޫޕް ސީގައި ހިމެނެނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި ކުލަބް އެމްޓީސީސީ އަދި ދިވެހި ސިފައިންގެ ކުލަބާއި ޓީމް އެފްއެސްއެމްއެވެ. ގުރޫޕް ޑީގައި ހިމެނެނީ ރޯޑް ރެކްރިއޭޝަން ކުލަބާއި ކުލަބް ވެމްކޯ އަދި ކުލަބް އެޗްޑީސީ އާއި ކުލަބް އިމިގްރޭޝަންގެ އިތުރުން ކުލަބް ފެންއެވެ.

އެއިޓީން ތާރޓީ ކުލެސިކްގައި ވާދަކުރަނީ ނުވަ ޓީމެވެ. އެ ނުވަ ޓީމް ވަނީ ދެ ގުރޫޕަށް ބަހާލައިފައެވެ. ގުރޫޕް އޭގައި ހިމެނޭ ފަސް ޓީމަކީ ހެލްތު ރެކްރިއޭޝަން ކުލަބް، ޕްރިސަންސް ކުލަބް، އެސްޓީއޯ ރެކްރިއޭޝަން ކުލަބް، ހުޅުމާލެ ހޮސްޕިޓަލް، މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސްއެވެ. ގުރޫފް ބީގައި ހިމެނޭ ހަތަރު ޓީމަކީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބް، ޓީމް އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް، ކުލަބް އެޗްޑީސީއެވެ.

ސެކްޓާރ ލީގުގައި މި އަހަރު ވިހި ޓީމް ވާދަކުރާނެއެވެ. މި ވިހި ޓީމް ފަސް ގުރޫޕަށް ބަހާލާފައި ވާއިރު، ގުރޫޕް އޭގައި ހިމެނެނީ، އެމްއައިބީއެސްއޭ، ޓީމް އެމްއޭޑަބްލިޔުސީ، ވެލިގާ ހާރޑްވެއާރ އަދި ބިއޮންޑް އާރުސީއެވެ. ގުރޫޕް ބީގައި ހިމެނެނީ، ކުލަބް ހޯކްސް، ކުލަބް ލޯކަލްޗާރ، ހެޕީ މާކެޓް އަދި މާކޯ އާރުސީއެވެ. ގުރޫޕް ސީގައި ހިމެނެނީ، އެސްބީއައި، ލިއޯ އެފްސީ، ބަރޮސް މޯލްޑިވްސް އަދި ކުލަބް އެޕޯލޯއެވެ. ގުރޫޕް ޑީގައި ހިމެނެނީ އަރީނާ ހޮޓެލްސް، ސިލްވަރ ސޭންޑްސް، ޔޫރޯ އާރުސީ އަދި އާރުއޯއެލްއެވެ. ގުރޫފް އީގައި ހިމެނެނީ، ކުލަބް އާރުސީސީ، ޓީމް ވިލާ، މެޑްޓެކް އަދި މީޑިއާނެޓެވެ.

ކުލެސިކްގައި މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ނަވާރަ ޓީމެވެ. މި ނަވާރަ ޓީމު ހަތަރު ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭ އާއި ގުރޫޕް ބީ އަދި ގުރޫޕް ސީގައި ފަސްޓީމު ހިމެނެއެވެ. ގުރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ. ގުރޫޕްތަކުގައި ޓީމުތައް ހިމެނިފައިވާ ގޮތަށް ބަލައިލާއިރު، ގުރޫޕް އޭގައި ހިމެނެނީ، ޓީމް އެޗްޕީއެސްއެން، ހުޅުމާލޭ ހޮސްޕިޓަލް، ބަންޑާރަ ކުލަބް، ޕެމާ އަދި އަވްސެކްއެވެ. ގުރޫޕް ބީގައި ހިމެނެނީ ކުލަބް ސީއާރުސީ، ކުލަބް ޑީޖޭއޭ، މެޑްޓީޓީ، ހެލްތު އާރުސީ އަދި ކުލަބް އެސްއެމްއީ ޑިޖިޓާއެވެ. ގުރޫޕް ސީގައި ހިމެނެނީ، ކުލަބް ބިނާރާ، ކުލަބް އެމްއެމްއޭ، ވިޒިޓް މޯލްޑިވްސް ކުލަބް، ތަޢުލީމީ ގުޅުން އަދި ޕީއެސްއެމްއެވެ. ގުރޫޕް ޑީގައި ހިމެނެނީ، ކުލަބް ބީސީސީ، ފައިނޭންސް އާރުސީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް އަދި ދިވަރު އާރުސީއެވެ.
