ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނެޓްފްލިކްސްގެ “ދަ ބާސްޓަރޑްސް އޮފް ބޮލީވުޑް” ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށަނީ

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓްކޮށް، ނެޓްފްލިކްސްގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް “ދަ ބާސްޓަރޑްސް އޮފް ބޮލީވުޑް” ގެ ދެވަނަ ސީޒަނާ ގުޅޭ މުހިންމު ތަފުސީލަތްތަކެއް ހާމަވެއްޖެއެވެ.

އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މި ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ރަސްމީކޮށް މިކަން އަދި އިޢުލާން ނުކުރި ނަމަވެސް، މިހާރު ކުރިއަށްދަނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށް މަޢުލޫމާތު ލިބެއެވެ. ފުރަތަމަ ސީޒަނުގެ ކާމިޔާބީއަށްފަހު، ދެވަނަ ސީޒަނުގެ ލިޔުންތައް ތަފާތު އަދި އައު ގޮތަކަށް ބެހެއްޓުމަށްޓަކައި ބިލާލް ސިއްދީގީ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޚަބަރުތައް ބުނާގޮތުން، މި ސަޓައިރިކަލް ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން 2025 ސެޕްޓެމްބަރު 18 ގައި ރިލީޒްކުރުމާއެކު، ނެޓްފްލިކްސްގެ އެއްވަނަ މަގާމު ވަނީ ހޯދާފައެވެ. ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒްގައި ބޮލީވުޑްގެ ފިލްމީ ދާއިރާގެ އެތެރޭގެ ކަންކަން ހިނގާގޮތް ވަރަށް މަޖާ އަދި ތަފާތު ގޮތަކަށް ދައްކުވައިދެއެވެ.

ލަކްޝްޔާ ލަލްވާނީ މައި ރޯލުން ފެނިގެންދާ މި ސީރީޒްގައި ބޮބީ ޑިއޯލް، ސަހޭރު ބަމްބާ، ރާގަވް ޖުޔަލް އަދި އާންޔާ ސިންގް ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން، ބޮލީވުޑްގެ ބޮޑެތި ތަރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، ކަރަން ޖޯހަރް، ރަންވީރު ސިންގް އަދި ރަންބީރު ކަޕޫރުގެ ޚާއްޞަ ފެނިލުންތަކެއް ވެސް މި ސީރީޒްގެ ފުރަތަމަ ސީޒަނުން ވަނީ ފެނިގެން ގޮސްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top