ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޮޅަށް ކުޅުނު ސްޕެއިންއަށް ހިތްދަތި ނަތީޖާއެއް!
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗު ހިތްދަތި ގޮތަކަށް ނިމިއްޖެއެވެ.

މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑޭއާ ދެކޮޅަށް ސްޕެއިން މިރޭ ނުކުތްއިރު މިއީ މި ގުރޫޕްގެ ފުރަތަމަ މެޗެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޕެއިން އިން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި ކޭޕް ވާޑޭގެ ކީޕަރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު، ފެށިތާ މާ ގިނައިރެއް ނުވެ ސްޕެއިނުން ވަނީ ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެމުންދިޔަ ކޭޕް ވާޑޭ ހާފުތެރޭގައި ގިނައިރުތަކެއް ވަންދެން ސްފެއިނުން ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭވަރެއް ނުވިއެވެ.

ފުޓްބޯޅައިގެ ބޮޑު ބާރެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ތަރިން ގިނަ ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، ސްޕެއިނުން ރީތި މޮޅު ކުޅުމެއް ދައްކައި، ގިނައިރުތަކެއް ވާންދެން ކޭޕް ވާޑޭ ހާފުތެރޭގައި ބޯޅަ ގެންގުޅުނު ނަމަވެސް އެކަށީގެންވާވަރުގެ ހަމަލާއެއް ގޯލާއި އަމާޒުކޮށްލެވޭވަރުވީ ހާފުގެ ފަހުކޮޅުއެވެ. ހާފުގެ ފަހުކޮޅު ސްޕެއިނުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ކޭޕް ވާޑޭގެ ގޯލަށް ފޮނުވާލައިފައެވެ. މިއިން ކޮންމެ ފުރުސަތެއްގެ ހުރަހަކަށް ކޭޕް ވާޑޭގެ ކީޕަރު ވީއިރު، އެއް ހަމަލާ ގޯލުގެ މަތީ ގަޑިއަށް ވެސް އަމާޒުވިއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅުނީ ސްޕެއިންއެވެ. ލަނޑެއް ޖެހުމަށް ސްޕެއިނުން ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން، އެ ޓީމުން ވަނީ އަނެއްކާ ވެސް އިތުރު ތަރިންތަކެއް ކުޅެން ނެރެފައެވެ. ލަމީން ޔަމާލް އާއި މިކެލް މޮރީނޯގެ އިތުރުން ޑެނީ އޮލްމޯ އާއި ނިކޯ ވިލިއަމްސް ކުޅެން އަރުވައިގެން ވެސް ސްޕެއިންއަށް ކޭޕް ވާޑޭގެ ގޯލް ހުޅުވާލެވޭގޮތެއް ނުވިއެވެ.

ކައުންޓާރ އެޓޭކްގައި ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ ކޭޕް ވާޑޭއަށް ވެސް ވަނީ، ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.

މި ގުރޫޕްގެ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. ރާއްޖެ ގަޑިން 3 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top