މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ހެނދުނުގެ ނާސްތާއެކެވެ.
ތައްޔާރުކުރުމަށް ނަގާނެ ވަގުތު: 10 މިނެޓު
ކައްކަން ނަގާނެ ވަގުތު: 25 މިނެޓު
ހިހޫކުރަން ނަގާނެ ވަގުތު: 30 މިނެޓު
ޖުމްލަ ވަގުތު: 1 ގަޑިއިރު
ލިބޭނެ މިންވަރު: 9 ފޮތި
ބޭނުންވާ ތަކެތި:
2 ½ ޖޯޑު ރޯލްޑް އޯޓްސް
½ ސައިސަމުސާ ބޭކިންގ ޕައުޑަރު
½ ސައިސަމުސާ ފޮނިތޮށި ޕައުޑަރު
½ ސައިސަމުސާ ލޮނު
3 ވައް ދޮންކެޔޮ (ބޮޑު ސައިޒުގެ)
1 ޖޯޑު ކިރު
3 ބޮޑު ބިސް
⅓ މޭޕަލް ސިރަޕް
¼ ޖޯޑު ބްރައުން ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ އަވަން 190 ޑިގްރީ ސެލްސިއަސް (375 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި 9×9 އިންޗީގެ ބޭކިންގ ޓްރޭއެއްގައި ޕާޗްމަންޓް ކަރުދާސް އަޅާށެވެ.
2 – ތަށްޓެއްގެ ތެރޭގައި އޯޓްސް، ބޭކިންގ ޕައުޑަރު، ފޮނިތޮށި ޕައުޑަރު އަދި ލޮނު އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.
3 – ބޮޑު ތަށްޓެއްގައި ދޮންކެޔޮކޮޅު ރަނގަޅަށް ޗިސްކޮށްލާށެވެ. އެއަށްފަހު ކިރު، ބިސް، މޭޕަލް ސިރަޕް، ބްރައުން ޝުގަރ އަދި ވެނީލާ އެސެންސް އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
4 – ކުރިން އެއްކުރި އޯޓްސް މިކްސްޗަރު ކެޔޮ މިކްސްޗަރުގެ ތެރެއަށް އަޅައި، ރަނގަޅަށް އެއްވަންދެން ހަލުވާލާށެވެ. ދެން ތައްޔާރުކުރި ޓްރޭއަށް މިކްސްޗަރު އޮއްސާލާށެވެ.
5 – ހޫނުކުރަން ޖެއްސި އަވަނުގައި 35 އާއި 40 މިނެޓާ ދެމެދު، ރަން މުށިކުލަ އަރައި ރަނގަޅަށް ފިހެވެންދެން ބަހައްޓާށެވެ.
6 – ފިހެވުމުން އަވަނުން ނަގައި، ގާތްގަނޑަކަށް 30 މިނެޓު ވަންދެން ހިހޫކުރަން ބަހައްޓާށެވެ.
7 – ރަނގަޅަށް ހިހޫވުމުން 9 ފޮއްޗަށް ކޮށާލާފައި ސާވް ކުރާށެވެ.
