ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް 2026 – ދުވަސް 4
ފޮޓޯ: ކުލަބް މޯލްޑިވްސް

ކުލަބް މޯލްޑިވްސްއިން މި އަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ 13 ވަނަ މެޗާއި 14 ވަނަ މެޗު އަދި 15 ވަނަ މެޗާއި 16 ވަނަ މެޗު މިއަދު ކުޅެފިއެވެ.

މެޗު 13

ކިޑްސަލް މުބާރާތުގެ 13 ވަނަ މެޗުގައި ބައްދަލުކުރީ ވިލިމާލެ ޔުނައިޓެޑް އެކަޑަމީ އާއި ބީޖީ ސްޕޯޓްސް ކްލަބް އެކަޑަމީއެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުން ވިލިމާލެ ޔުނައިޓެޑް އެކަޑަމީ މޮޅުވީ 2-3 އިންނެވެ. މި މެޗުގައި ބީޖީގެ ދެ ލަނޑު ޖެހީ މިސްކު ބިން އިބްރާހީމް އާއި ނޫހު އިލްޔާސްއެވެ. ވިލިމާލޭގެ ލަނޑުތައް ޖެހީ އިލާން ޙަސަން އާއި ޔޫސުފް ޒުހަލްއެވެ. އިލާން 1 ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޔޫސުފް ޒުހަލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް ޒުހަލް / ފޮޓޯ: ކުލަބް މޯލްޑިވްސް

މެޗު 14

ކިޑްސަލް މުބާރާތުގައި ނިއުރޭޑިއަންޓް ކުޅުނު ތިންވަނަ މެޗުން ވެސް އެ ޓީމު މޮޅުވެއްޖެއެވެ. މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކަޑަމީ އާއި ބިސްބުރު ސްޕޯޓްސް ކްލަބް އެކަޑަމީ ބައްދަލުކުރި މެޗުން ނިއުރޭޑިއަންޓް މޮޅުވީ 7-2 އިންނެވެ. މި މެޗުގައި ބިސްބުރުގެ މުޙައްމަދު ޝައިލް އާއި އިބްރާހީމް މިރުޝާން ބިސްބުރުގެ ދެ ލަނޑު ޖެހިއިރު، ނިއުރޭޑިއަންޓްގެ ލަނޑުތައް ޖެހީ ރާއިޝް ރަމީޒް 3 ލަނޑު، މުޙައްމަދު އަޒުހާން 2 ލަނޑު، ޔޫސުފް ލާއިގް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ރާއިޝް ރަމީޒެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ރާއިޝް ރަމީޒް / ފޮޓޯ: ކުލަބް މޯލްޑިވްސް

މެޗު 15

އެލީޓް އެކަޑަމީ އާއި ވެލެންސިއާ ސްޕޯޓްސް ކްލަބް އެކަޑަމީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެލީޓް އެކަޑަމީ، ގުރޫޕް އޭގެ އެއްވަނައަށް ޖެހިލައިފިއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެލީޓް އެކަޑަމީއަށް ޖަހައިދިނީ އާދު ބިން މުޙައްމަދު ނިޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލީޓް އެކަޑަމީގެ ޝައިމަން އަޙްމަދު ރިޒާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޝައިމަން އަޙްމަދު ރިޒާ / ފޮޓޯ: ކުލަބް މޯލްޑިވްސް

މެޗު 16

2-1 އިން އެޑްވެންޗަރ އެކަޑަމީ ބަލިކޮށް ނިއު ރޭޑިއަންޓް އާއެކު އެސްޕަޔާ އެކަޑަމީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އެޑްވެންޗަރ އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީ ބައްދަލުކުރި މެޗުގައި އެޑްވެންޗަރ އެކަޑަމީގެ ލަނޑު އެ ޓީމުގެ މުޙައްމަދު މިއުވާން ކާމިޔާބު ކޮށްދިންއިރު، އެސްޕަޔާ އެކަޑަމީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އައްމާރު ބިން ނަވާޒް އާއި ޔަލްސަން ބިން ހިސާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕަޔާ އެކަޑަމީގެ ޔަލްސަން ބިން ހިސާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔަލްސަން ބިން ހިސާން / ފޮޓޯ: ކުލަބް މޯލްޑިވްސް

ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް އެޑްވެންޗަރ އެކަޑަމީއަށް ނިމިފައިވާއިރު ދެން އޮތް ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް އޮތީ އެއް މެޗެވެ. ނިއުރޭޑިއަންޓް އާއި އެސްޕަޔާއާ އެއްވަރުކުރުމުގެ ފުރުސަތު އެއްވެސް ޓީމަކަށް ނެތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top