ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭޑަބްލިޔޫސީ އާއި އެމްއައިބީ ދެވަނަ ބުރަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ދެވަނަ ބުރަށް އެމްއޭޑަބްލިޔޫސީ އާއި އެމްއައިބީ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ހަ މެޗު ރޭ ކުޅެފައިވާއިރު، މިއީ ގުރޫޕް އޭގެ ފަހު ދެ މެޗެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 21

އެކާވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫފް އޭގައި ހިމެނޭ އެމްއައިބީ އާއި ބިއޯންޑް އާރުސީ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި މި ދެ ޓީމުގެ ވެސް ފަހު މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުން އެމްއައިބީ މޮޅުވެފައިވާއިރު، ބިއޯންޑް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. މި މެޗުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެމްއައިބީއަށް އޮތްއިރު، ބިއޯންޑަށް ވެސް މި މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުށް ދިއުމުގެ ހަނި ފުރުސަތެއް އެބައޮތެވެ.

މި މެޗު ފަށައިގެން މޮޅަށް ކުޅުނު އެމްއައިބީން ވަނީ މެޗުގެ ނުވަވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އެމްއައިބީން ދެވަނަ ހާފުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެމްއައިބީން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ދެވަނަ މިނިޓްގައެވެ. އޭގެ އިރުކޮޅެއް ފަހުން ބިއޯންޑުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން އެމްއައިބީގެ ލީޑު ފުޅާވިއެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކުރަމުންދިޔަ ބިއޯންޑަށް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް ދެން ވެސް ފެނުނީ އެމްއައިބީގެ ދެ ލަނޑެވެ. މި މެޗުގައި ބިއޯންޑުން ޖެހި ހަމައެކަނި ލަނޑު، 38 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މުޙައްމަދު މުބީން އެވެ.

މިވެސް ކިޔާލަން:  ގޯވިންދާ ވެސް އޯޓީޓީއަށް

މި މެޗުގައި އެމްއައިބީގެ ލަނޑުތައް ޖަހައިދިނީ އިޔާން އަޙްމަދު ރަޝީދު 3 ލަނޑު، މުޙައްމަދު ނާއިސް އިބްރާހީމް 2 ލަނޑު، އަދި ބިއޯންޑުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް އެއް ލަނޑެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް އެމްއައިބީ ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

6-1 އިން އެމްއައިބީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އިޔާން އަޙްމަދު ރަޝީދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިޔާން އަޙްމަދު ރަޝީދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 22

ބާވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނައިގައި އޮތް އެމްއޭޑަބްލިޔޫސީ އާއި ދެވަނައިގައި އޮތް ވެލިގާ އެވެ. ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއި ފައިދާ ހަތަރު ލަނޑު އެމްއޭޑަބްލިޔޫސީއަށް ލިބިފައިވާއިރު، ކުޅުނު ފުރުތަމަ މެޗުން ބޮޑު މޮޅެއް ހޯދި ވެލިގާ ވަނީ ދެވަނަ މެޗުން ބަލިވެފައެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕްގައި ހިމެނޭ އެމްއައިބީއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މިވަގުތު ގުރޫޕްގެ ދެވަނައިގައި ވެލިގާ އޮތީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވެލިގާއަށް ވެސް ހުޅުވިފައި އޮތްއިރު މި މެޗަކީ މި ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެމްއޭޑަބްލިޔޫސީއިން ފެށީ ވަރުގަދަކޮށެވެ. މެޗު ފަށައިގެން މާ ގިނައިރެއްނުވެ އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހުސައިން ފަޔާޒްގެ ލަނޑުން ލީޑު ނެގި އެމްއޭޑަބްލިޔޫސީއަށް ހަމަޖެހިލައިގެން މާ ގިނައިރު ތިބެވޭގޮތެއް ނުވިއެވެ. ވެލިގާއަށް ނަތީޖާ ހަމަހަމަކޮށްދިން އަޙްމަދު ފިރާޝް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ވެސް ނަގައިދިނެވެ.

މިވެސް ކިޔާލަން:  އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ސަތޭކަ ކަންތައް - 1

ދެވަނަ ހާފުގައި ފެނުނީ ފުރަތަމަ ހާފަށްވުރެ ފޯރިގަދަ ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު އާދަމް ޝަހީމް އެމްއޭޑަބްލިޔޫސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމާއިއެކު، ގުރޫޕްގެ އެއްވަނައިގެ ވާދަވެރިކަން ބޮޑުވިއެވެ. ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު މެޗު ނިމުމާއި ހަމައަށް ތިން ޓީމަށް ވެސް އޮތެވެ. އެމްއޭޑަބްލިޔޫސީއިން ގުރޫޕްގެ އެއްވަނަ ޔަގީންކުރި ލަނޑު ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުޙައްމަދު އަހުސަމް އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނުވަ ޕޮއިންޓް ހަމަކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްއޭޑަބްލިޔޫސީ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި ގުރޫޕްގެ ތިންވަނަ ހޯދި ވެލިގާއަށް، ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ލިބޭ ޖާގަތަކުން ޖާގައެއް ލިބުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

3-2 އިން އެމްއައިބީ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހުސައިން ފަޔާޒް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top